އަދުރޭއަށް: ޔާމީނަށް ދޭ ރައްދުން ތިޔަ އެޅެނީ ބޮލާފޮށާ!

މަގަށް ނިކުމެ ޖަލަށްވަދެ ނޭންގާނިކަން ދެއްކިއްޔަކީ ޔާމީނުގެ ހައްގަކު ނޫން

އަދުރޭއަށް: ޔާމީނަށް ދޭ ރައްދުން ތިޔަ އެޅެނީ ބޮލާފޮށާ!

ތެދެކެވެ. މީގެ ހަތް އަހަރުކުރިން ޔާމީނުގެ ވެރިކަން ނިމިއްޖެއެވެ. ޔާމީނުގެ ވެރިކަން ނިމުނުހެން މިއަދު މިއޮތް މުއިއްޒުގެ ވެރިކަންވެސް ނިމެނޭއެވެ. ޔާމީނުގެ ވެރިކަމާއެކު ފަލާހާއި އަބްދުއްރަހީމާއި މުއިއްޒުމެން އޭރުކުރި ވެރިކަން ނިމުނުހެން މުއިއްޒާއެކު ތިޔަކުރާ ވެރިކަންވެސް ނިމޭނެއެވެ.

ކަލާސީންނަށް ނައު ބައު ނުވާހެން އަދުރޭމެނަށް ވެރިކަން ނުނިންމައެއް އަބަދަކު ނުތިބެވޭނެއެވެ. ޔާމީނު ޖަލުގައި އޮތުމުން އަދުރޭމެން މަގަށް ނިކުމެ ޖަލަށްވަދެ ނޭންގާނިކަން ދެއްކިއްޔަކީ ޔާމީނުގެ ހައްގުގައި ނޫންކަން ވަރަށް ސަރީހަ އިބާރާތުން ތިޔަ ބުނެދެނީއެވެ. އޭރު އެކުރިކަމެއް ކުރީ ގެއްލުނު އަރާބާރު ހޯދަން އަމިއްލަ އެދުމުން ފޯވެ ތިބެގެންކަމަށް ތިޔަ ބުނެދިނީއެވެ. 

ޔާމީނުގެ ވެރިކަމުގައި ދަނޑިމަތި އަނބުރަން އުޅުނު މީހުން ނިކުމެ ވަށިވަށިން ޔާމީނަށް ދިނުމަކީ އަމިއްލައަށް ބޮލާފޮށާ އެޅުމެވެ. ތިމަތިމާމެން ޔާމީނުގެ ނަން ބޭނުންކޮށްގެން ކުރާން އުޅުނުކަމަކީ ދައުލަތް ނޮޅާލަން ފުރުސަތު ހޯދުންކަން ކިތަންމެ ރަނގަޅަކަށްވެސް އެނގިއްޖެއެވެ. ޔާމީނުގެ ވެރިކަމުގައިވެސް ކުރިކަމަކީ އެއީތާއެވެ. ކޮންމެ މީހަކާއެކުގައިވިޔަސް ދައުލަތް ވިދާ ނޮޅާކާން ލިބެނިކޮށް އަދުރޭއަށާޢި ފަލާހަށާއި ޝުޖާއަށާއި ޝިޔާމުމެން ކަހަލަ އެންމެންނަށް ވަރިހަމައީއެވެ. މިހާރު ތިބި ހިސާބުގައި ފައިހަރުކޮށްލަން ލިބެންޏާ ޑީއާރުޕީއެއް ޕީޕީއެމެއް ޕީއެންސީއެއް އެމްޑީޕީއެއް އަދުރޭމެންނަކަށް ނުއޮންނާނެއެވެ. 

އަދުރޭމެން ޝިޔާމްމެން ކަހަލަ މީހުނަށް އެމްޑީޕީ ކަމުނުދަނީ އެމްޑީޕީގެތެރޭގައި އެ ހިސާބުގައި ފައިހަރުކޮށް ނުލެވޭނެތީއެވެ. އެހެން ނޫންނަމަ ކިރިޔާވެސް ގޮތެއް ފޮތެއް އޮތް ބައެއް ނަމަ ރަތް މަހަށް ނުގޮވާހާއެއްޗެހި ޔާމީނަކަށް އަދުރޭމެން ނުގޮވާނެއެވެ. ބަލަން ތިބޭށެވެ. މުއިއްޒުގެ އާރާ ބާރު ނެތޭ ދުވަހަކުން މުއިއްޒަށްވެސް އަދުރޭމެން ޖައްސާނީ ޔާމީނަށް ޖެއްސި ދަތުރެވެ. ނުގޮވާނެ ކުނި ފުޅައެއް ނާޅުވާ ބަދުނާމެއް ނުއޮންނާނެއެވެ. 

ފަލާހާ އަބްދުއްރަހީމާ މުއިއްޒުގެ ވެރިކަމެއް ނުނިމެއޭ ނިމުނީ ޔާމީންގެ ވެރިކަމޭ ބުނީމާ އެ މީހުންގެ ހަސީލަތުގެ ނުބައިކަން ވަޒަން ކޮށްލެވޭނެއެވެ. ޔާމީނުގެ ވެރިކަން ނިމުނީ ބޮޑާކަމުން ކަމަށްވާނަމަ އެ ބޮޑާކަމުގެ މުގުލަކީ އަދުރޭއާއި ފަލާހާއި ޝުޖާއާއި ސައީދާއި ޝިޔާމް ކަހަލަ ޕީއެންސީގެ އިސް މީހުންނެވެ. ޔާމީނު ވެރިކަމުގައި ފެނުނު ކޮންމެ ބޮޑާކަމަކާއި ނުލަފާކަމަކާއި ބަސްނޭހުމަކާއި ބޭއިންސާފަކާއި އަނިޔާވެރިކަމަކާޢި ހިޔާނާތްތެރި ކަމަކީ ޔާމީނުގެ އެކަނި ބޮލަށް ކަނޑާލެވޭކަށް އޮތް ކަންކަމެއް ނޫނެވެ. ފަލާހާއި އަދުރޭއާއި ޝުޖާއާއި ސިޔާމާއި ސައީދު މެން ކަހަލަ އެތައް ބައެއްގެ ކަށީގެ މަދަށް ނިސްބަތްވާ ކަންކަމެވެ. މުއިއްޒަށް އެކަން އޮޅުނަސް ރައްޔިތުންނަކަށް އެކަމެއް ނޯޅެއެވެ،