މުއިއްޒު ފައިސާހޯދަން ހަށިވިއްކުންވެސް ޕްރަމޯޓްކޮށްފާނެ!

މުއިއްޒު ފައިސާހޯދަން ހަށިވިއްކުންވެސް ޕްރަމޯޓްކޮށްފާނެ!

ފައިސާ ޗާޕްނުކޮށް އިގްތިސޯދު ހަމަމަގަށް އަޅުވާ ދަރަނިތައް އަދާކުރަން ވައުދުވެގެން ވެރިކަން ހޯދި މުއިއްޒަށް ޖެހުނު ހާލުފެނިފާ ހަމްދަރުދީވަމެވެ. ހުސްވި އަހަރު ކުރީކޮޅު މުއިއްޒު ދެއްކި ކޮންމެ ވާހަކައެއްގައި ފައިސާ ޗާޕްނުކޮށް ގައުމުގެ ކަންކަން ކުރަމުން ގެންދާ ކަމަށް އަޑަށް ނިކަން ބާރުލާފައި ބުނެއެވެ. މުއިއްޒުގެ މިކަހަލަ ކޮންމެ ބުނުމަކާއެކު މުއިއްޒުގެ ކުލީގަލަންތަކާއި ބޮޓުން ހޭނުބަހައްޓާ ރާގުރާގަށް އެވާހަކަ ދައްކައިގަނެއެވެ. 

ފައިސާ ޗާޕްކުރުމުގެ ނުރައްކާތެރިކަމުގެ ވާހަކަ ދެއްކިއެވެ. ފައިސާ ޗާޕްކުރުމުން ބޭރުފައިސާގެ އަގުބޮޑުވެ އިންފްލޭޝަން ބޮޑުވުމުގެ ވާހަކަ ދެއްކިއެވެ. މުއިއްޒުގެ މޮޅުކަމުން ފައިސާ ޗާޕްނުކޮށް ދަރަނި އަދާކުރަމުން ލިބޭ ބޭރުފައިސާ ގިނަވެ ގައުމީ ރިޒާވް ބޮޑުވުމުގެ ވާހަކަ ދެއްކިއެވެ. މުއިއްޒާއި ސަރުކާރުގެ ވެރިންނާއި ބޮޓުންނާއި ކުލީ ގަލަންތަކުން އޭރު ދެއްކީ ފައިސާ ޗާޕްކުރުމުން އިގްތިސޯދަށް ހުރި ގެއްލުމާ ހަލާކުގެ ވާހަކައެވެ. 

މުއިއްޒު ސަރުކާރާއި ކުލީ ގަލަންތަކުން ރައްޔިތުންނަށް ސިފަކޮށްދެމުން އައީ ލިބޭ ބޭރު ފައިސާ އިތުރުވެ އިގުތިސޯދު ކޮޅަށްޖެހޭ މަންޒަރެވެ. ސަރުކާރުން ބޭނުންކަމެއް ބޭނުން އިރަކު ކޮށްލެވޭވަރުގެ ފުދުންތެރިކަން މާލިއްޔަތުގައި ހުރިކަމެވެ. ފައިސާ ޗާޕްކުރުމަކީ ސަރުކާރަކުން ކުރާނެ އެންމެ ގޯސްކަންތައްކަން  ހުއްޓާނުލާ ރައްޔިތުންނަށް މުއިއްއޒު ސަރުކާރުން އައީ ވިސްނާ ދެމުންނެވެ. ކޮވިޑްގެ އާލަމީ ވަބާގައި ގައުމުގެ އާމްދަނީ ހުއްޓުމުން ކުރީ ސަރުކާރުން ފައިސާ ޗާޕްކުރިކުރުން ގޯސކޮށް ނުގޮވާއެއްޗެއް އަދިވެސް ނެތެވެ. 

ކަންކަން ފުރޮޅިގެންދާ ގޮތް ނިކަންދެކިބަލާށެވެ. މުއިއްޒު ސަރުކާރުން ފައިސާ ޗާޕްކުރަން އުޅޭކަމަށް ވާދަވެރިން ބުނަން ފެށުމުން ސަރުކާރާއި ގުޅުން އޮތް އެންމެންހެން އެކަން ދޮގުކޮށް ދިފާއުކުރެވޭތޯ ބެލިއެވެ. މުއިއްޒުގެ ބާނދީ ޝިއުނާ އާއި މަލްޝާމެން ކަހަލަ އެތައް ބަޔަކު އެވާހަކަތައް ގޮތްގޮތަށް އެނބުރިއެވެ. 

އާހިރުގައި އެޗްޑީސީ މެދުވެރިކޮށް އެމްއެމްއޭއަށް ބިންގަންނަ ގަތުމަކީ ފައިސާ ޗާޕްކުރުން ކަމަށް މެންބަރު އަޒާންވެސް ސިފަކުރީއެވެ. އެކަމާ ދެކޮޅު ހައްދަވާ އެމްއެމްއޭ ބޯޑުން މެންބަރުން ތަކެއް އިސްތިއުފާ ދިނީއެވެ. އެމްއެމްއޭގެ ޑެޕިއުޓީ ގަވަރނަރ މަގާމުން ވަކިކުރަންވެސް ހުށަހެޅީއެވެ.

މުއިއްޒުގެ ކުލީ ގަލަންތަކުން މިހާރު ވަކަލަތުކުރަން އެފެށީ އިގުތިސޯދުގެ ހަމަޖެހުމަށްޓަކައި ފައިސާ ޗާޕްކުރުމަކީ މުހިންމުކަމެއް ކަމަށް ވިސްނާދީ ފައިސާ ޗާޕްކުރުން ޕްރަމޯޓް ކުރުމަށެވެ. މިހާވަރުން ދަންޏާ ފައިސާ ހޯދަން ހަށިވިއްކުން ޕްރަމޯޓްކުރަން ވެސް މުއިއްޒު ފަހަކަށް ނުޖެހޭނެއެވެ.