ރައީސް ނަސީދު ރާއްޖޭގެ ޑިމޮކްރަސީ އޮޔާލުން
ވެރިކަމުގެ ސަރުބަތައްޓަކައި ރާއްޖޭގެ ޑިމޮކްރަސީ އޮޔާލިޔަނުދީ
އާއެކެވެ. މީގެ އަހަރުތަކެއް ކުރިން އެންމެންވެސް ހީކުރަމުން އައީ ރައީސް ނަސީދަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ޑިމޮކްރަޓިކް ބޭފުޅެއްކަމަށެވެ. ރައްޔިތުން ނުހަނު އިތުބާރުކޮށް ނަސީދާއެކު މަގުތަކަށް ނުކުތީ ރައްޔިތުންގެ ހައްގު މިންވަރު ހޯދާށެވެ. ވެރިޔަކީ ރަޢިސް ނަސީދުކަމަށް ދެކިގެން އެ ބޭފުޅާ ފޮލޯކުރަމުން އެ ބޭފުޅާ ހިންގެވި މަގަކުން ރަށްޔިތުންގެ ގިނަ ބަޔަކު ހިނގިއެވެ. މި ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރަމުން ގޮސް ރާއްޖޭގެ ރައީސްކަން ވެސް އެބޭފުޅާއާއި ހަވާލުކުރެވުނެވެ.
ނަމަވެސް ވެރިކަމުގެ ތިން އަހަރު ވޭތު ކުރުމަށް ފަހު ރައްޔިތުން ނުކުމެ ވެރިކަމުން ބޭލިއެވެ. އޭގެ ފަހުން ވެސް އެ ބޭފުޅާ ހިންގެވި މަގުންނާއި ހިނގަން ދެއްކެވިހާ މަގަކުން ރައްޔިތުމީހާ ހިނގިއެވެ. ކޮށާ ކުދިކޮށް މަގުމަށްޗައް ތިރިކޮށްލި އިރުވެސް އެ ބޭފުޅާ އާއި ރައްޔިތުމީހާގެ ހިމާޔަތުގަ ރައްޔިތުމީހާ ވިއެވެ. މިއީ ދިވެހި ތާރީހު ދައްކި ހަގީގަތެވެ.
ނޭނގި އޮތް އެއްޗަކީ ރައީސް ނަސީދުގެ ހިތުގައި އޮތް ވެރިކަމުގެ ދަހިވެތިކަމެވެ. ވެރިކަމަށްޓަކައި ޕާޓީ އާއި އެ ބޭފުޅާއަށްޓަކައި ގުރުބާންވި ފަހުލަވާނުންގެ ބޮލަށް ފައިން އަރާފާނެކަން ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ނޭގުނީއެވެ. އެ ބޭފުޅާގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ރައީސް ނަސީދުގެ ބޭފުޅިޒަމް ނިޒާމަކީ ކުރީގެ ބޭފުޅުޒަމް އަށްވުރެ އެއްދަރު ހެޔޮ ބޭފުޅިޒަމްއެކެވެ.
ބޭރުފުށުން ރައްޔިތުނަށް ފެންނަ ނަސީދު އާއި އަސްލު ނަސީދުއަކީ ދޭއްޗެކެވެ. ބޭރުފުށުން ކިތަންމެ ރައްޔިތުމީހާއޭ ދެއްކިޔަސް ނަސީދަކީ ހަގީގަތުގަ މައުމޫނިޒަމްއަށް ދޫނުކުރާނެ ފަދަ ބޭފުޅިޒަމް ބޮޑު މީހެކެވެ. އެ ބޭފުޅާގެ އަރިސްމީހުން މިކަމަށް ހެކިވާނެއެވެ. އެހެންކަމުން ސޫލާ ސަރާބި ނޫނީ އެއްވެސް އެއްޗެއް އެ ބޭފުޅާއަށް ހަޖަމެއް ނުވާނެކަމަށް ކުދިން ކިޔާއުޅެއެވެ.
ކިރިޔާ ބާރުވެރިކަން ދައްވެލާހެން ހީވުމުން ކޮށްލިވަރު ނިކަން ދެކިލަ ބަލާށެވެ. ރާއްޖޭގެ އެންމެ ޑޮމޮކްރެޓީކް ޕާރޓީ އެމްޑީޕީ ގެ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރެވުނެވެ. ދެން މާދަމާ އިންތިހާބެއް ބާއްވާގެން ބަލިވިޔަސް ސަރުކާރާއި ، އެލެކްސަން ކޮމިސަން ހައިވާނުންނަށް ވާނެއެވެ. މީގެ އެންމެ ނުރައްކާވާ ހިސާބަކީ މީނާގެ ސަބަބުން ދެންހުރި ހުރިހާ އިންތިހާބަށް މި އަސަރުކުރުމެވެ. ޕްރައިމަރީގެ އިންތިހާބުން ބަލިވިޔަސް އެންމެން ވާދަކުރަން ފެށުމެވެ. ޕްރައިމަރީތައް ގަޑުބަޑުވުމެވެ.
ބަލިވީމާ ޕާރޓީ ގޯސްކޮށް ލީވޯޓް ބޮލާލާ ޖަހަން ފަސްނުޖެހޭނެ ޖީލެއް އުފަން ކުރުވަނީއެވެ. ހުދުމުހުތާރުކަން އޭގެ އެންމެ ފުންމިނަށް މީނައާއި ހުރެ ދަނީއެވެ. ރާއްޖޭގެ ޑޮމޮކްރަސީއަށް ބޮޑު ތުރާލަކަށް ވީނޫންތޯއެވެ. ޅަފަތުގައި ކުރިއަރަމުން އައި ޑިމޮކްރަސީ އެތައް ގުނައަކަށް ފަހަތައް ދިޔައީ ނޫންތޯއެވެ. މިއީ ޑިމޮކްރަސީއަށް ހާދަހާވާ ހަޑި މުޑުދާރު މަންޒަރެކެވެ. ރައްޔިތުންނާއި ޑިމޮކްރަސީއަށް ކުޑަވެސް ކުލުނެތް އަގަލެއް ހުރިނަމަ ތިޔަ މަސަތްކަތް ހުއްޓާލާށެވެ. ރައްޔިތުމީހާ އަށްލިބުނު ބާރު އަނބުރާ މުށުތެރެއަށް ނުލައްވާށެވެ. ވެރިކަމުގެ ސަރުބަތައްޓަކައި ރާއްޖޭގެ ޑިމޮކްރަސީ އޮޔާލިޔަ ނުދޭށެވެ.