އަނބިމީހާ ސިޔާސީ މަގާމެއްގައި ބަހައްޓާހާ ދުވަހަކު އައްބާހަށް އިންސާފުވެރިއެއް ނުވެވޭނެ

ކޮށްފާނެ ސިޔާސީ ބަންދަކަށް އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ

އަނބިމީހާ ސިޔާސީ މަގާމެއްގައި ބަހައްޓާހާ ދުވަހަކު އައްބާހަށް އިންސާފުވެރިއެއް ނުވެވޭނެ

އެމްޑީޕީގެ އެކްޓިވިސްޓުންނާއި ލީޑަރޝިޕް ވީއްލިފައި އޮތުމަކީ ރައީސް މުއިއްޒަށް ހަމަނިދި ނިދޭނެކަމެއް ނޫނެވެ. އަމްދުން މިހާރު މި ވީގޮތުން ވީހާ އަވަހަކަށް ގޮޅިގޮޅިއަށް މީހުންފައްތާ އެމްޑިޕީގެ ވާގިނައްތާލެވޭތޯ މުއިއްޒު މަސައްކަތް ކުރާނެއެވެ. 

ރައީސް ނަޝީދު އިސްވެހުންނަވާ އެމްޑީޕީން ކޮށްފައި ނުކުރާނެ ކަމެއް އަންދާޒާ ވެސް ކޮށްނުލެވޭނެންޏާ އަވަހަށް ހިފާލާނީ މީހުން ހިފާ ހައްޔަރު ކުރުމަށެވެ.

މުއިއްޒުގެ ޕަޕެޓް ހެދިގެން ޕީޖީ އައްބާސް ޝަރީފް އެހުރީ މުއިއްޒު އެދޭހާ ގޮތަކަށް ކަންކަން ކޮށްދޭށޭ ބުނާތީ އިވެއެވެ. ވާނީ އެހެންތާއެވެ. އައްބާހުގެ އަނބިދަރިން ތިބީ ސަރުކާރުގެ ހަރަދުގައި ބޭންކޮކްގައިކަމަށްވެއެވެ. އާއިލީ ހުރިހާ ހަރަދެއް ބަލަހައްޓަނީ ދައުލަތުގެ ބަޖެޓުން ކަމަށް ކާޅުގޮވާހެން ރަށުތެރޭގައި އެބަ ގޮވައެވެ.

އައްބާސްގެ އަނބިމީހާ މުއިއްޒު ދިން ސިޔާސީ ބޮޑު މަގާމެއްގައި ބަހައްޓައިގެން ދައުލަތް ދަވާލާ މީހަކަށް އިންސާފުން ކުރެވޭނީ ކޮން ޕްރޮސިކިއުޓަރު ކަމެއްހޭ މީހުން ކިޔާއުޅެއެވެ. އެހެންނޫނަސް އުފެދުމުގައި ބާތިލު ގާނޫނީ ފަތުވާ ނެރޭ ޑަކައިތެއް ދޭލަފަޔަށް ދައުވާކޮށް ހުކުންކުރާ ގައުމެއްގައި ވާދަވެރިން ޖަލުގައި ނެތުމަކީ އަޖައިބެކެވެ.

އިދިކޮޅު އެންމެން ޖަލަށްލިޔަސް އެއްޔަކީ ސިޔާސީ  ހައްޔަރީންނަކަށް ނުވާނެއެވެ. ހުނިގުރާބު ބަލާ ވަނތް ސޮރުވެސް ކުރިކަމަކާ ބުނި އެއްޗަކާ ދިމައެއް ނުވޭނޫން ހެއްޔެވެ. ނުރުހޭ މީހަކަށް ކިނބިއްސެއް އެޅޭ ގޮތަކުން އާއްމު ސިއްހަތަށް ގެއްލުންދިން ކަމެއް ކުރުމުގެ ކުށް ސާބިތުކޮށް ޖަލަށްލުމަކީ ސިޔާސީ ކަމެއް ނޫންތާއެވެ..

އައްބާސް ޝަރީފަށް މުއިއްޒު ނޭދޭކަމެއް ކުރެވޭނީ  ހަތަރެސްފައި ބަދެވިފައި ނެތްނަމަތާއެވެ. މީހުން ކިޔަނީ ތެދެއްނަމަ  އަނބިމިހާގެ ވަޒީފާ އާއި ދަރިންގެ ކިޔެވުމާ ކާރުކޮޅަށްވުރެ ރައްޔިތުމީހާ މުހިންމުވެވޭނީ ކިހިނެއް ހެއްޔެވެ.

އެހެން އެކަން އޮތިއްޔާ މުއިއްޒަށްޓަކާ ވާދަވެރިންނަށް  ކުޜާވަރު އަދި މާކުޑައެވެ. އެކަމަކު އެގެންޖެހޭ ކަމަކީ މީދަލަކަށް ދުވަހެއް އައީވިއްޔާ ހިކަންޖަކަށްވެސް ފުވަހެއް އަންނާނެ ކަމެވެ .އެހެންނޫނަސް އެމްޑިޕީއަކީ ދައްކާ ބިރަށް ފަސްޖެހޭ ބައެއް ނޫނެވެ.