ޔާމީން އޮރިޔާން ވަނީ އޮރިޔާމެއް އޮތީމަ!
ރައީސް ސޯލިހާ ވާދަކުރާނެ ފޯމިއުލާއެއް އިދިކޮޅަކަށް ނުހޯދުނު
އެމްއެމްޕީ އާރުސީ މައްސަލައިގައި ރައީސް ޔާމީން އޮރިޔާން ވަނީ އޮރިޔާމެއް އޮތީމައެވެ. އޮރިޔާން ކުރާނެ އޮރިޔާމެއް ނެތްނަމަ ބަޔަކު ކިތަންމެ ބޭނުން ވެގެން ކުރަން އުޅުނަސް އޮރިޔާމެއް ނުކުރެވޭނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަދީބެއް ނޫނެވެ. ކުރީގެ ރައީސް ޔާމީނެވެ. އަދީބަކީ ޔާމީނު ގެންގުޅުނު އަޅުކުއްޖެކެވެ. އަދުރޭއަށް އެކަން ރަނގަޅަށް އެނގޭނެއެވެ.
ރަންކޮޅާ އަދުރޭއެވެ. ޔާމީނު ވެރިކަމުގައި އަބްދުއްލާ ގާޒީ މައްސަލާގައި ޖަލުހު ކުމުގައި ހުރި ކުރީގެ ރައީސް ނަޝީދު ގޮނޑި ދުއްވަން ފުރުވާލި ގޮތަށް އެންމެނަށް ކަންތައް ވާނެޔޭ އަދުރޭ މެނަށް ހީވާނެއެވެ. އަދުރޭމެންގެ ވެރިކަމުގައި ކުރި ކަމެއް ކުރީ އެހެން ކަމަށް ވާތީ އެހެން މީހުން ވެސް ކަންތައް ކުރާނީ އެހެނޭ އަދުރޭމެނަށް ހީވާނެއެވެ. މާޅޮހު ދަލޭކައްތަ ހުނި ގޮނޑިއަށް ކޮންމެ ކަމެއް ހަދަން އަދުރޭ ނޫޅޭށެވެ.
ގައުމަށާއި ރައްޔިތުންނަށް ގައްދާރު ވެގެން ވެރިކަމުން ބާލާ ޖަލަށް ލަފައިހުރި މުލުވަގުގެ ދިފާއުގައި ދިޅަހަކަށް މީހުން ނިކުމެ ތިބިހާ ބަޔަކަށް ވަގަށް ގޮވިޔަސް މުލުވަގު ގައިން ވަގުކަމުގެ ލައްގަޑެއް ނުފިލުވޭނެއެވެ. އެހެން މީހުނަށް ވަގަށް ގޮވަނީ ބޮޑުވަގު މަތީން މީހުން ހަނދާން ނައްތާލުމަށެވެ. ދިވެހި ރާއްޖޭގެ ދުށް އެންމެ ބޮޑު ވަގުގެ މަތީން ހަނދާނެތޭނީ ކާކުހެއްޔެވެ. ނުނެތޭނެއެވެ. ނުވެސް ނެއްތޭނެއެވެ.
މަތިމައްޗަށް ވަގު ސާފުކޮށް ފުށް ޖައްސާ ކިލައެއް މިލައެއް ނެތް މީހަކަށް ހައްދައިގެން ރިޔާސީ އިންތިހާބަށް ނިކަން ނެރެލަ ބަލާށެވެ. ރައްޔިތުން ނިކުމެ ނޯށުން ރޮއްވާލާތަން ފެނިގެން ދާނެއެވެ. ހަޑި ހުތުރު ބައްޔަކުން ބަލިކޮށް ފަސްމާ މުލުންގެ މުލުވަގު ސައްޕު ޖަހާ ބޭރުކޮށްލާތަން ދެކިލަން ނިކަން ބޭނުމެވެ.
ގަބޫލުކުރަމެވެ. ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަކީ އަދުރޭމެނަށް ކެތްކުރެވޭނެ ކަމެއް ނޫންކަން އެނގެއެވެ. އެކަން އެހެންވާކަށް އަދުރޭމެންނަކަށް ނެދެވޭނެއެވެ. އެކަމަކު މިހާރުވެސް ތެތައް ކަނޑާކަނޑާ ވަރުބަލި ވެގެންވެސް ރައީސް ސޯލިހަށް 70ހާސް ވޯޓް ލިބޭނެ ކަމަށް ނައިފަރު ޝިޔާމްމެން އެބަ އެއްބަސް ވެއެވެ. ސީދާ އެއްބުރުން ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެކަން އަދުރޭމެނަށް ވެސް އެގެއެވެ.
އިދިކޮޅުގައި ތިބިހާ އެންމެން އެއްކޮށްގެން ރައީސް ސޯލިހާ ވާދަކުރާނެ ފޯމިއުލާއެއް އިދިކޮޅަކަށް ނުހޯދުނެވެ. ނުވެސް ހޯދޭނެއެވެ. ވެރިކަމަށް ބޫތުކައިފާ ތިބިވަރުން އޭގެން އެކެއްގެ ގައިގަވެސް އެހިއްވަރެއް ނެތެވެ.