މުއިއްޒު ކޯޓް ހުރުމަތް ކަނޑައިފި - ފިޔަވަޅު އަޅަން ކެރޭނެތަ!

މުއިއްޒު ކޯޓް ހުރުމަތް ކަނޑައިފި - ފިޔަވަޅު އަޅަން ކެރޭނެތަ!

ކޯޓު އަމުރަކުން ސީދާގޮތުން ވެސް ނުސީދާގޮތުން ވެސް ދެއްކުން މަނާކޮށްފައިވާ ޑޮކިއުމެންޓްރީގެ ވާހަކަ ޕީއެންސީ ހަރުގޭގައި ރޭގައި ދައްކައިފިއެވެ. ބަޔަކު އެއްކޮށްގެން ވަރަށް ފާޅުގައެވެ. އެވާހަކަ ދެއްކީ ރައީސް މުއިއްޒާއި ޕީއެންސީ ޕީޖީ ލީޑަރެވެ.

ޕީއެންސީ ލީޑަރ ޑރ. މުހައްމަދު މުއިއްޒު ޕީއެންސީ ހަރުގޭގައި އެވާހަކަ ދެއްކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ. އެއްވެސް މާނައެއްގައި އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކޮށްފައި ވަނިކޮށް މުއިއްޒާއި އޭނާގެ ބައިވެރިން އެވަނީ ފާޅުގައި ކޯޓުގެ ހުރުމަތް ކަނޑާފައެވެ. 

އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ނެރުނު ކޯޓު އަމުރު ނެރުނުކަމަށް ބުނެ އެ ހަބަރު ގެނެސްދިން ނޫސްވެރިޔާ ކޯޓުގެ ހުރުމަތް ކަނޑައިގެން ކުށްވެރިކޮށް 10 ދުވަހަށް ވަނީ ޖަލަށް ލާފައެވެ. އެ ހަބަރު ޖެހި ނޫސްވެރިޔާ ކޯޓްހުރުމަތް ކެނޑިކަމަށް ވީހެން ފާޅުގައި މީހުން އެއްކޮށްގެން އެ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކި ޑރ. މުއިއްޒު ކޯޓު ހުރުމަތް ނުކަނޑާ ކަމަށް ވާނެ ހެއްޔެވެ. 

ކޯޓު ހުރުމަތް ކަނޑައިގެން ޑރ. މުއިއްޒަށް ވަގުތުން ޖަލުހުކުމެއް ކުރަން ޖެހެފައި ހުރިކަމަށް ގިނަ ބަޔަކު ދެކެއެވެ. ކްރިމިނަލް ކޯޓުގެ ހުރުމަތް ހިފެހެއްޓުމަށް މ. ދިމްޔާތު މުހައްމަދު މުއިއްޒަށް ކޯޓުހުރުމަތް ކެނޑުމުގެ ކުށުގައި ޖަލުހުކުން ކުރަން ކްރިމިނަލް ކޯޓް ގާޒީންނަށް ކެރޭނެ ހެއްޔެވެ. ނުކެރޭނެއެވެ.

އިންސާފުވެރި ހުރުމަތެއް އޮތް ކޯޓެއްނަމަ ބަހަނާއެއް ނެތި ޑރ. މުއިއްޒަށް ފިޔަވަޅު ނާޅާ ނުއޮންނާނެ ކަމަށް މީހުން ދެކެއެވެ.