ދެރައީ މުއިއްޒުގެ ފުށުން އިންސާފު ލިބުމަށް އުންމީދުކުރުން
މުއިއްޒާ ދެކޮޅަށް ސްޕްރީމް ކޯޓަށް ދިޔަސް ލިބޭނެ އިންސާފެއް ހަރާމުން ހަރާމެވެ. ދެރައީ އިންސާފު ލިބޭނެކަމަށް ކޯޓަށް ދާތީއެވެ. މިޙާރު އޮތް ޖުޑިޝަރީން މުއިއްޒު ބޭނުން ނޫން ގޮތަކަށް ހުކުމެއް ނެރެފިއްޔާ ލޮނުލައިގެން ބަތެއް ނުކާނަމެވެ.
ރައްޔިތުންގެ މަޖިލީހު މެންބަރުން ވަކިކުރުމުގެ ބާރު މުއިއްޒު އަތަށް ކަހާލުމުން ކޯޓުން ކަމެއް ނުކުރަނީސް ކޮށްފާނެކަމަށް ހީކޮށް ކުރިކަންތައް ފެންނާނެެެވެ. ސްޕްރީމް ކޯޓުގެ ބެންޗަށް ވީގޮތް ފެންނާނެއެވެ.
ގޮނޑިކޮއްކޮ މަޖިލީހާއި ޕަޕެޓް އިލެކްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމެއް ސާހިބުގެ ބުމަރު ފަނޑިޔާރުގެއަށް ގޯސްވާނެ ގޮތެއް ނުއޮންނާނެއެވެ. ގޯސްކޮށްފިނަމަ ފަނޑިޔާރުން ތިބޭނީ ގޯނި އަންދަވާފައެވެ.
އަންތަރީހެއް ނުވެއެވެ. މުއިއްޒު އެހިނދަކަށް ބޭނުން ވެގެން ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ ހަމަޔާއި އުސޫލުން ބޭރުން ގާނޫނާ ހިލާފަށެވެ. އިލެކްޝަނުން އިންތިހާބު ބާއްވަނީ ގާނޫނާ ހިލާފަށެވެ. ސްޕްޜީމްކޯޓުން މުއިއްޒުގެ މަސްލަހަތުގައި ހުރިހާ އިދާރާ އަސާސީއާއި ހިލާފުވިޔަސް އެހުރިހާކަމެއް ލެޖިޓިމޭޓް ކޮށްދެއެވެ.
ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބު އޮޅުވާލާ މުއިއްޒު ބޭނުންވާ ގޮތަށް ނަތީޖާ ނެރެދޭނެއެވެ. ވޯޓު އޮޅުވާލުންވެސް ސްޕްރީމްކޯޓުން ހަލާލު ކޮށްދޭނެއެވެ. ދެރައީ ވާދަވެރިން ވެސް މުއިއްޒުގެ މުށްޕަތުން އިންސާފު ލިބޭނެ ކަމަށް އުންދުކުރުމެވެ.




