ޑރ. ޝަހީދު އުޅެނީ ޖާހިލިއްޔަ ޒަމާނުގަ

ޝަހީދަކީ ކަރަންޓުން ހިންގާ މަޢުދަނީ މެޝިނެއް

ޑރ. ޝަހީދު އުޅެނީ ޖާހިލިއްޔަ ޒަމާނުގަ

ލިޔާ ލިއުން ތަކާއި ދައްކާ ވާހަކަ ތަކުގައި ކުރީޒަމާނުގެ އިންސާނުންގެ ޖާހިލުކަމާ ތަންދޮރު ނުދަންނަ ވާހަަކަ ދައްކާ ލައްކަ މޮޅެތީން މި ޒަމާނުގައި ފެނެއެވެ. 

އިލްމާއި ހުނަރާއި އީޖާދުތަކުން ފަޚްރުވެރިވެ، ނަމުގެ ކުރިއަށް އެކި ލަގަބުތައް ލައިގެން އިހުމީހުނަށް ކުޑަމީސް ބަސްތައް ބުނާ އަޑު ނިކަން ގިނައިން އިވެއެވެ. އެ މީހުންގެ ބުއްދީގެ ކޮށިކަމާ ދުނިޔެވީ ހަމަ ތަކާއި އަޚްލާގާއި ސުލޫކު ނެތް ވާހަކަ ތަކެވެ. މިއަދުގެ ތިމާމެންގެ ކުރިއެރުމާއި ތަހްޒީބާއި ރީތި އުޅުމާއި ގުޅުމާއި އަޚްލާޤްގެ މަތިވެރި ކަމުން މަތިހަށި ނަގައިގެން ތިބެ ކަނޑާ ބައިސާއެވެ.

އެންމެ ކުރިއަރާފައި ތިބި މީހުން ކަމަށް ދައުވާ ކުރަނީ ބައެއްގެ ބިންތައް ފޭރިގަނެ، އެ މީހުން ގަދަ ކަމުން ގެދޮރުން ނެރެ ބުލްޑޯޒަރު ތަކުން އެ މީހުންގެ ގެދޮރު ސުންނާފަތި ކުރަމުން އެ ކަމަށް ހިތްވަރުދީ އަތްޖަހާ އުފާ ފާޅު ކުރަމުންނެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ އެންމެ މުއްސަނދި ގައުމު ތަކުގެ އިސްސަފަށް ސަވާރުވެގެން ތިބެ އިންސާނީ ގަދަރާ ކަރާމާތް ނަގަހައްޓާ ބަޔަކީ ތިމާމެން ކަމަށް ހެދިގެންނެވެ. 

ދުނިޔޭގެ އެހެން ގައުމު ތަކުގައި ޑިމޮކްރަސީއާ އިންސާނީ ހައްގުނެތިގެން ފިޔަވަޅު އަޅާ ގަރާރު ފާސްކުރަނީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ އަންހެނުންނާ ކުޑަކުދިން ދިރިތިއްބާ "ރޮލާ ކައިގެން" އަތް ނުދޮވެ ތިބެއެވެ.

އެންޓި ސެމެޓިޒަމް ނުވަތަ ޔަހޫދީންނަށް ކުރާ ނަފްރަތާ ދެކޮޅު ހަދާ ވަރުވަރުގެ މީހުންގެ ތެރޭން ވެސް އަރާހުރި މީހަކީ ދިވެެއްސެކޭ ބުނާތީ ލަދު ގަނެއެވެ. ނަމުގެ ކުރިއަށް ކިޔަން އުޅެ ވައިގައި ނުހިފި ޕްރޮފެސަރ އަހްމަދު ޝަހީދަކީ ޑރ. ޖަނާޒާގެ ނަމުން ގިނަ ދިވެހިން ދެނެގަތް މީހެކެވެ. ފަހުގެ ތާރީޚުގައި ދިވެހިންނަށް މިނިވަންކަން ލިބެން އުޅުނު ވަގުތު އެކަމާ ދެކޮޅަށް ތަންޑުކުރު ދެފަލިން ފަލިޖަހަން ނުކުތް އެކަކީ އަހްމަދު ޝަހީދެވެ. 

އެމްޑީޕީ ރަނގަޅަށް ވުޖޫދު ވިޔަ ނުދީ އެ ޕާޓީގެ ޖަނާޒާ އިޢުލާން ކުރަން މައުމޫން ސަރުކާރުގެ ކުރީ ސަފަށް ނުކުތް މީހަކީ ޝަހީދެވެ.

ފަލަސްތީނު މީހުންގެ ހައްގުތައް ފައިދަށުލީ މީހުންގެ ދިފާޢުގައި އެހުރީ އޭނާއެވެ. އދ ގެ ސްޕެޝަލް ރެޕަޓުއާ އަށވުރެ  ބޮޑަށް ކުރަނީ ހުޅަނގުގެ ޕަޕެޓުއާ އެއްގެ މަސައްކަތެވެ.

ދިވެހިން ދިވެއްސަކަށް ވީތީ ފަޚްރުވެރި ވިޔަސް އަހްމަދު ޝަހީދަކީ ދިވެއްސެކޭ ބުނާތީ ދިވެހިން މިއަދު ލަދު ގަނެއެވެ.

ޓްވީޓް ކޮށްގެން ޝަހީދު ދެން ރާއްޖޭގެ ކަންކަމާ ބަސްކިޔަން ނުހަދާށެވެ. ތިޔައީ ތިމާގެ ވަޒަނުގެ އަހުލުވެރިންގެ އިހްސާސް ތަކަށް ހިތުގައި ކުޑަވެސް ކަންފުޅެއް ނެތް ކަރަންޓުން ހިންގާ މަޢުދަނީ މެޝިނެކޭ ދިވެހިންނަށް ތަފާތެއް ނެތެވެ.