ފަޒްލާ ދެކޮޅަށް އައްބާސް ޝަރީފަށް ދައުވާއެއް ނުކުރެވޭނެ!

ފަޒްލާ ދެކޮޅަށް އައްބާސް ޝަރީފަށް ދައުވާއެއް ނުކުރެވޭނެ!

ރައީސް މުއިއްޒުގެ މިނިސްޓަރ ފެންވަރުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރކަން ކުރި ފަޒުލު ރަޝީދު އާރާއި ބާރުގައި ހުރެގެން އުސޫލުން ބޭރުން އެތައް ބޮޑެތި ކޮރަޕްޝަން ހިންގައިގެން މަތިހަށި ނަގާފައި ފުލުހުން އެޗްޑީސީއަށް ވަނެވެ. ބިޔަ ބޮޑު ތަހުގީގެއް ހިންގިއެވެ. ފަޒްލާއި އެޗްޑީސީ އިދާރީ އިސްވެރިންގެ ބަޔަކާއި ބޯޑްގެ ހުރިހާ މެންބަރުންހެން އެކުގައި ސަސްޕެންޑް ކުރިއެވެ. ޕާސްޕޯޓް ހިފެހެއްޓިއެވެ. އެންމެ ފަހުން ފަޒުލު މަގާމުން ވަކިވެސް ކުރިއެވެ.

ތަހުގީގު ހިނގަހިނގާ އޮއްވާ އެޗްޑީސީބން ކޮމްޕިއުޓަރ ސިސްޓަމްތަކެއް ވަގަށް ނެގިއެވެ. ފޯޖު ލިޔުންތައް އުފެއްދުމާއި ލިޔެކިޔުންތައް ނައްތާލުމުގެ ތުހުމަތު ކުރެވުނެވެ. ފަޒުލްގެ އަމިއްލަ އަނބި މީހާއާއި ގާތް އެތައް ބަޔަކަށް ހުޅުމާލޭން ބިންތައް ބަހާލިކަމަށްވިއެވެ. ޕާޓީގެ ނުފޫޒުގަދަ މެންބަރުން ތަކަކަށް ނުއަގުގައި ހުޅުމާލޭން ބިންހޯދާ ދިންކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވުނެވެ.   

އެހެންނަމަވެސް ފަޒުލާ ދެކޮޅަށް ދައުވާކޮށްލެވޭ ވަރުގެ ހެއްކެއް ގަރީނާއެއް ދައުލަތަށް ލިބުނު ކަމަކަށް ޕީޖީ އައްބާސް ޝަރީފަކަށް ނުވިއެވެ. ރައީސް މުއިއްޒު ރައީސް އޮފީހުން ދިން ސިޔާސީ އިސް މަގާމަކުން ޕީޖީކަމަށްގެނައި އައްބާސް ޝަރީފަށް ފަޒުލާ ދެކޮޅަށް ދައުވާ ކުރަން ހެއްކެއް ގަރީނާއެއް ނުފެނުމަކުން ހައިރާނެއް ނުވެއެވެ. އަނބިމީހާ ބެންކޮކް އެންބަސީގައި މަތީފެންވަރުގެ ސިޔާސީ މަގާމެއްގައި ބަހައްޓައިގެން މުއިއްޒު ސަރުކާރުން މުޅި އާއިލާއަށް ހަރަދުކުރާ އައްބާސް ޝަރީފް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުރެގެން ފަޒްލާ ދެކޮޅަށް ދައުވާކުރަން ހެއްކެއް ގަރީނާއެއް ނުފެންނާނެކަަން އެނގެއެވެ. 

އެޗްޑީސީގެ ތެރޭގައި ފަޒްލު ހިންގި ޖަރީމާއެއް ވިއްޔާ ހިންގައިދިނީ މަތިން މުއިއްޒު އަންގައިގެން މުއިއްޒު ބޭނުންވި ގޮތަށްކަމަށް މީހުން ކިޔާއުޅެއެވެ. ފަޒުލު ހިނގި ޖަރީމާތަކުގެ ހުރިހާ މަންފާއެއް ލިބުނީ މައްޗަށް ކަމަށްވެސް މީހުން ކިޔައެވެ. އެހެން ވިއްޔާ މަތިން ބޭނުންވާ މަންފާ ހޯދަން ގުރުބާން ކުރަން ނެރޭ ކަންބަޅިތައް ސަލާމަތް ނުކޮށް އައްބާހަކަށް ނުހުރެވޭނެއެވެ. 

ފުހުންނާއި އޭސީސީއާއި އޮޑިޓަރ ޖެނެރަކާއި ޕްރޮސިކިއުޓަރ ޖެނެރަލުގެ މަސައްކަތަކީ މަތިން އަންގައިގެން ހިންގާ ޖަރީމާތަކުގެ މަތި އަޅާދީ ފަސްއަޅާ ފޮރުވާ ދިނުމެވެ. ދުވަހެއްގެ ކޮޅުންވެސް އެއިން މައްސަލައެއް ބަލާ ފިޔަވަޅެއް ނުއެޅޭ ވަރަށް ހެއްކާ ގަރީނާ ނައްތާލަ ދިނުމެވެ. މިނިސްޓަރ ފެންވަރުގައި އެޗްޑީސީގެ އެމްޑީކަން ކުރި ފަޒުލު ކަހަލަ އެޖެންޓުން ބޯކިރު ފޮދެއްހާ ތޯހިރުކޮށް ދިނުމެވެ.