މާލީ ވުޒާރާގައި ލުޓޭރުންގެ އިސްތިއުފާއާށް ގޮވަނީ!

މާލީ ވުޒާރާގައި ލުޓޭރުންގެ އިސްތިއުފާއާށް ގޮވަނީ!

ސަރުކާރުގެ ދެ އަހަރުގެ ދަރަނި 38.1 ބިލިއަން ރުފިޔާގައެވެ. 2 އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 110 ބިލިޔަން ރުފިޔާ ތަޅާ ހުސްކޮށް ލައިފިއެވެ. އެކަމަކު 2 އަހަރު ވީއިރު ވީކަމެއް ކުރެވުނު ކަމެއް ހަރާމުން ހަރާމެވެ.

އަމިއްލަ ވިޔަފާރިތަކުން ކޮށްފައިވާ މަސައްކަތާއި ދީފައިވާ ހިދުމަތަށް ސަރުކާރުން ފައިސާއެއް ނުދެއެވެ. ފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހަށް ޖަވާބުދާރީއެއް ނުވެއެވެ.

އަމިއްލަ ވިޔަފާރިތަކުން ކޮށްފައިވާ މަސައްކަތާއި ދީފައިވާ ހިދުމަތަށް ސަރުކާރުން ފައިސާ ނުދޭތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން މިނިސްޓަރ ޒަމީރާ ބައްދަލު ކުރަން ވަޑައިގަތުމުން ފުލުހުން އަޅަނީ ހުރަހެވެ.  އެންމެ ފަހުން އެކަން މުޒާހަރާއަކަށް ބަދަލުވުމުން ނޫނީ މަޖިލީހުގެ މެންބަރުންނާ މިނިސްޓަރަށް ބައްދަލު ކުރެވުނު ކަމަކަށް ނުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން އަދިވެސް ތިއްބެވީ ފިނޭންސް މިނިސްޓްރީގެ އެތެރޭގައެވެ. ފިނޭންސް މިނިސްޓްރީގެ ބޭރުގައި މިހާރު ވެސް ދަނީ އާއްމުންގެ އެތައް ބަޔަކު މުޒާހަރާ ކުރަމުންނެވެ. މާލީ ވުޒާރާގެ އެތެރެ ގުގުމާލާފައިވަނީ ލުޓޭރުން އިސްތިއުފާއަށް ގޮވާލެވޭ އަޑުންނެވެ.

ރައްޔިތުންނަށް ދޭންޖެހޭ ފައިސާނުދީ ހިފަހައްޓައިގެން ފިލައިގެން އުޅޭތީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި ޑިކްޓޭޓަރ މުއިއްޒުގެ އިސްތިއުފާއަށް އާއްމުން ގޮވަމުން ދަނީ ފިނޭންސް މިނިސްޓްރީ ދޮރުމަތީގައެވެ. ފިނޭންސް މިނިސްޓްރީ ދޮރުމަތީގައި މުޒާހަރާ ކުރިއަށް ދަނީ ދުސްތޫރީ ޑިކްޓޭޓަރޝިޕަކަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ރައްޔިތުން ވަނީ އަޅުވެތިކޮށް ކޮށްފައިވާ މަސައްކަތާއި ދީފައިވާ ހިދުމަތަށް ސަރުކާރުން ފައިސާ ނުދީގެންނެވެ.