އައްބާސް މުއިއްޒަށް: ރީތިގޮތުގައި އިސްތިއުފާ ދެއްވާ

އައްބާސް މުއިއްޒަށް: ރީތިގޮތުގައި އިސްތިއުފާ ދެއްވާ

މުއިއްޒު ސަރުކާރުގެ ދަރަނި 38.1 ބިލިއަނަށް އަރައިފިކަމަށް ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. ހުރިހާ އެއްޗެއް އަރަނިވެފައިވާ ކަމަށް ދެއްކިޔަސް ފެށިފައި އަދި ނިމިފައިވާ ޕްރޮޖެކްޓެއް ނެތްކަމަށް އައްބާސް ވިދާޅުވެއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު 17.50ރ ހުރި ޑޮލަރ 20.50ރ އަށް އަރާފައި ވާކަމަށާއި ތަރުކާރީއާއި މޭވާ ކޮޅެއް ގަނެލާނެ ފައިސާއެއް ރައްޔިތުން އަތުގައި ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އައްބާސް ވިދާޅުވަނީ ސަރުކާރުން ހަރަދު ކުރާ ނޫސްތަކުން މޮޅެތި ހަބަރު ޖެހުވިޔަސް މަންޒަރު ރަޔިއްތުންނަށް ސާފު.ކަމަށެވެ. ތަރައްޤީގެ އެއްވެސް މަސްރޫއެއް އެއްވެސް ރަށެއްގައި އެދެވޭ ގޮތެއްގައި ނުހިނގާ ކަމާއި .މުޅި ރާއްޖޭގައި ކުރީގެ ސަރުކާރުތަކުން ފަށާފައިހުރި ހުރިހާ ޕްރެޖެކްޓެއް މިވަނީ ހުއްޓުމަކަށް އައިސްފައިކަމަށް އައްބާސް ވިދާޅުވެއެވެ.

.ބޮޑެތި ދޮގުތަކާއި އޮޅުވާލުންތަށް އޮޅުވާލައިގެން ވެރިކަމަށް އަރާ ރައްޔިތަކަށް އެއްކަމެއްވެސް ނުކޮށްދީ އަދިވެސް ބޮޑެތި އޮޅުވާލުން އޮޅުވާލައިގެން ގޮނޑި ދިފާއުކޮށްގެން އިންނަވަން ނުވިސްނެވުމަށް ރައީސް މުއިއްޒަށް އަމާޒުކޮށް އައްބާސް ވިދާޅުވީއެވެ.

ރިވެތިގޮތަކީ ރައްޔިތުން އެދޭގޮތަށް ވީއެންމެ އަވަހަކަށް އިސްތިއުފާ ދެއްވުމަށް އައްބާސް. ރައީސް މުއިއްޒަށް ގޮވާލެއްވިއެވެ.