ސްޕްރިމްކޯޓް ބެންޗު ކުޑަކުރުމަކީ މުއިއްޒުދޭ އެންމެބޮޑު އުދުވާނީ ހަމަލާ

ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަކާއި ގުޅުންހުރި ދުސްތޫރީ މައްސަލައެއް ސުޕްރިމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ބެންޗު ބަދަލުކުރުމަށް ރައީސް މުއިއްޒު ގާނޫނަށް ބަދަލު ގެންނެވުމަކީ ރައީސަކު ޝަރުޢީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު ޢުދުވާނީ ހަމަލާ.ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
އޮނަރަބަލް ޝާހިދު އެމެރުމުން އެކްސްގައި ކިރެއްވި ޕޯސްޓްގައި ރައީސް މުއިއްޒުގެ ޢައިރު ޒިންމާދާރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެ ބަލައިގެންފައިވާ، ތިންބާރު ވަކިކޮށްފައިވާ ޑިމޮކްރަޓިކް ނިޒާމުގެ މިނިވަންކަން ނެތިކޮށް، ބާރުތައް މުށުތެރެއަށްލާ, ޚުދުމުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް، "ގޮނޑިކޮއްކޮ" ސުޕްރިމް ކޯޓެއް އުފެއްދުމަށް ރައީސް މުއިއްޒުއަށް ފުރުސަތު ނުދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އެންމެހާ މެމްބަރުންނަށް ޝާހިދު ގޮވާލެއްވިއެވެ.
ޝަރުއީ ދާއިރާއާއި ދެކޮޅަށް ރައީސް މުއިއްޒު މި ހިންގަވާ ބޮޑު ޖަރީމާއާއި ދެކޮޅަށް މުޅި ޝަރުއީ ދާއިރާއާއި ހުރިހާ ރައްޔިތުން ތެދުވާންޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ޚުދުމުޚްތާރު ވެރިކަމަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެ ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.