ޖަމީލަށް ޔާމީނު ޖަލުން ނެރެވުނު ކަމަކަށް ނުވި
ޔާމީނަށް އުގޫބާތް ދޭން އިސްވެ އެހުރީ ޖަމީލު
ޖަމީލުވަރު ގާނޫނީ މީހަކު ނެތިގެން ޔާމީނު މިނިވަން ކުރާނެ ކަމުގެ ބައިސާ ކެނޑިއެވެ. ޔާމީނުގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑްރިންގެ ކުށާ ރިޝްވަތުގެ ކުށަކީ ސައްހަ ގޮތުގައި ސާބިތުވެފައިވާ ކުށްތަކެއް ކަމަށް ރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ. އަނެއްކާވެސް ޖަމީލާއި ބަޅުރުއް ކުދިންނަށް ކޯޓްތައް ގޯސްވީއެވެ.
ޔާމީން ކުށްކޮށްގެން ހޯދާފައި ވާކަމަށް ސާބިތު ވެފައިވާ ފައިސާ ތަކެއް ދައުލަތަށް ދައްކަން ކުރި އަމުރު ބާތިލު ކުރުމުން ޝަހާދަތް ތަކުބީރު ގޮވާ އުފަލުން އެކޮޅުކޮޅުން ޖެހުނު މީހުން އުޅުނެވެ. އެކަމަކީ ކޯޓުން ރަނގަޅަށް ކުރިކަމަކަށްވެ ކޯޓުތައް ވަރެއް އެކަމުގައި ބަޅު ރުކަކަށްނެތެވެ.
ހުކުންކުރި މަޖިލީހުން ނުއިއްވާ އަމުރަކަށް ވެގެން ފައިސާ ދެއްކުމަށް ކުރި އަމުރު ބާތިލުވެ ދައުލަތަށް ޔާމީނު އަތުން ލިބެންޖެހޭ 52 މިލިޔަން ރުފިޔާ ނުދީ މި ވަގުތަށް ފަރުޖައްސާލާ ހިންދިރުވާލެވުނީތީ އުފާ ކުރާނެއެވެ. ނަށާނެއެވެ.
ބުނަން ހެއްޔެވެ. ދައުލަތަށް ލިބެންޖެހޭ 52 މިލޔަން ރުފިޔާ އަދި ނުލިބުނަކަސް ދައުލަތެއް ނުހުއްޓޭނެއެވެ. 52 މިލިޔަން ރުފިޔާ ނުދައްކައެއް ވެސް ޔާމީނަށް ފަރަކު ނުޖެއްސޭނެއެވެ. އެހެނީ ހުކުމުން ސާބިތުވި 52 މިލިޔަނަކީ ދައްކަން ނުޖެހޭ އެއްޗެއް ކަމަށް ހައިކޯޓަކުން ނުނިންމައެވެ.
ކަމަކު ދާކަށް ނެތެވެ. ފައިސާ ދެއްކުމަށް ކުރި އަމުރު ބާތިލު ކުރިޔަސް ޔާމީނުގެ މައްޗަށް ސާބިތު ވެފައިވާ މަނީލޯންޑްރިންގގެ ކުށާއި ރިޝްވަތުގެ ކުށަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދެމެހައްޓައިފިއެވެ. މިނިވަން ކުރާނެ ޖާގަ ނެތިގެންނެވެ. ދިފާއުގައި ޖަމީލުމެނަށް ހެދޭނެ އެއްވެސް އެއްޗެއް ނެތް ވަރަށް ޔާމީނު ކުށްވެރި ވާތީއެވެ.
ދަށުކޯޓުގެ ހުކުމް ދެމެހެއްޓުމުން ބަޅުރުއްކުދިން ރުއްސަން ޖަމީލު ޓްވީޓް ކުރާނެއެވެ. ނޫސްކޮންފަރެންސް ދޭނެއެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގެ ކުށްވެރިކުރާނެއެވެ. ރާއްޖޭގެ ޝަރުއީ ނިޒާމާއި ފަނޑިޔާރުނަށް ފުރައްސާރަކޮށް ފުޅަހޮއްލަމުން ޖަމީލު ނަގޫ ނަގާފައި ސްޕްރީމް ކޯޓާ ދިމާލަށް ދެން ދުވާށެވެ.
ބަޔަކަށް އޮޅިގެން އުޅުނަސް ޖަމީލު ކުރިއްސުރެ ނިޔަތް ގަނެފައިވާ ގޮތަށް ޖަމީލު އެބަ ކަންތައް ކުރެއެވެ. ޔާމީނަށް މަގުމަތީކޯޓުން ޖަމީލުވަނީ ހުކުމް އިއްވާފައެވެ. އެހުކުމާ އެއްގޮތަށް ޔާމީނު އެބަހައްޓަނީ ދިގުމަތަށް ޖަލުގައެވެ. ޔާމީނުގެ ދިފާއުގައި އެހެން މީހަކު އުޅެން ފުރުސަތު ނުދީ ޖަމީލު އަތަށް ޔާމީނުގެ ދިފާއު ކަހަލައިގެން ހުރެއެވެ. ނައިބު ރައީސްކަން ގެއްލުވާލުމުގެ ބަދަލު ހިފަން ޔާމީނަށް އުގޫބާތް ދިނުމުގައި އިސްވެ އެހުރީ ޖަމީލެވެ.