އޭސީސީ ބޭނުންކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކަން.

ކުރީގެ ވަޒީރުންތަކެއް އޭސީސީއަށް ހާޒިރުކޮށްގެން ކުޅެންއުޅޭ ސިޔާސީ ކުޅިގަނޑާ ދެކޮޅު ހައްދަވާ އެކްސްގައި ކުރެއް ޕޯސްޓްގައި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވަނީ މިނިވަން މުއައްސަސާތައް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
އިޤްތިޞާދީ ތަރައްޤީގެ ކުރީގެ ވަޒީރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ ތަޢުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ އޭސީސީއަށް ހާޒިރުކުރުމުން ދުވަނީ ސިޔާސީ ކުޅިގަނޑެއްގެ ވަސް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި "މިއީ ސާފުކޮށް ބުނާނަމަ ބިރު ދެއްކުމެކެވެ."
ސިޔާސީ ބޭނުމުގައި ހޮވާލައިގެން ވަކި ބަޔަކު ހާޒިރުކުރާ ކުރުމުންނާއި ހެޑްލައިންތައް ހެދުމަށް ކުރާ "ތަހުގީގުތަކުގެ" ސަބަބުން އޭސީސީގެ އިތުބާރާއި ގާނޫނީ ހުކޫމަތަށް އަސަރު ކުރާކަމަށް ވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.