އީދު ދުވަހުވެސް ގައްޒާގައި ލޭއޮހޮރުން!

އިޒްރޭލުން ގައްޒާގައި 37،337 މީހުން ޝަހީދުކޮށްލައިފި

އީދު ދުވަހުވެސް ގައްޒާގައި ލޭއޮހޮރުން!

ބަރަކާތްތެރި އީދު ދުވަހު އިޒްރޭލުން ގައްޒާގެ މެދުތެރެއާއި ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޝަހީދުކޮށްލައިފިއެވެ. މީގެތެރޭގައި  ފަސް ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީން ބަލައިގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލުގެ ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. 

އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި އާންމުން ދިރިއުޅެމުންދިޔަ އިމާރާތަކަށް ބޮން އެޅުމުގެ ތެރޭގައި އިޒްރޭލުގެ ސިފައިންގެ ބަޔަކުވެސް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 37،337 މީހުން ޝަހީދުވެ 85،299 މީހުން ޒަހަމްވެފައިވެ އެވެ.