ފަލަސްތީނާ ދެކޮޅަށް އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއް!

ނިމިދިޔަ 24 ގަޑިއިރުގެ އަދާހަމައިންވެސް ފެންނަނީ ބިރުވެރިކަން

ފަލަސްތީނާ ދެކޮޅަށް އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއް!

ދިވެހިން އީދުގެ އުފާފާޅުކޮށް އިޒްރޭލް ޕާސްޕޯޓް ބޭން ކުރަން ފަސްޖެހެމުންދާއިރު ގައްޒާގެ މުސްލިމުންނަށް ލިބޭވޭނާ ކެކުޅުމަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ނިމިދިޔަ 24 ގަޑިއިރުގެ އަދާހަމައަށް ބަލާލުމުންވެސް ފެންނަނީ ބިރުވެރިކަމެވެ.

  • އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަނެއްގެ ބޭނުން ބޮޑުވެގެން ރިޒާވް ޑިވިޝަނެއް އުފައްދަން އިޒްރޭލުން ނިންމައިފިއެވެ. އުފައްދަން ނިންމީ އިޒްރޭލު ސިފައިންގެ ތެރޭގައި ތިބި ރިޓަޔަރމަންޓް އުމުރުގެ މީހުންގެ މައްޗަށް އެކުލަވާލެވޭ ރިޒާވް ޑިވިޝަންއެކެވެ.
  • ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގައްޒާގެ މެދުތެރެއާއި ދެކުނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ދިހަ މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނެއެވެ.
  • ފަލަސްތީން ބަލައިގަންނަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލު ސަރުކާރުން ވިސްނަން ފަށައިފިއެވެ.
  • އިޒްރޭލުގެ އަސްކަރިއްޔާއާއި ހިޒްބުއްލާ އާއި ދެމެދުގެ ހުރަސް ބޯޑަރުގައި ފުޅާ ދާއިރާއެއްގައި އަލިފާން ރޯވެދާނެ ކަމުގެ އިންޒާރު ދީފައެވެ.
  • ގައްޒާގެ ދެކުނުގައި ހުރި އިމާރާތެއް ގޮއްވާލުމާ ގުޅިގެން އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.
  • އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި 37،337 މީހުން މަރުވެ 85،299 މީހުން ޒަހަމްވެފައިވެއެވެ.
  • ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،139 އަށް އަރާއެވެ. 
  • ގައްޒާގައި އަޅުވެތިކޮށްފައިވާ ދިހަވަރަކަށް އިޒްރޭލު މީހުން އަދިވެސް އެބަތިއްބެވެ.
  • ރަފާގެ އުތުރުގައި އޮންނަ ހިރްބަތުއަލްއަދާސް ސަރަހައްދުގައި އިސްރާއީލުން ދާދި ދެންމެއަކު ދިން ހަމަލާއެއްގައި އެކަކު މަރުވެ އިތުރު މީހަކު ޒަހަމްވެއްޖެ ކަމަށް ރިޕޯޓް ލިބިއްޖެއެވެ.