ނިއުދިއްލީގައި ޖުލައި މަހުގެ އެންމެ ތެތް ދުވަސް ރެކޯޑްކޮށްފި

ނިއުދިއްލީގައި  ޖުލައި މަހުގެ އެންމެ ތެތް ދުވަސް ރެކޯޑްކޮށްފި

ބޯކޮށް ވާރޭވެހި އިންޑިއާގެ ވެރިރަށް ދިއްލީއަށް ޖުލައި މަހެއްގައި މީގެ 40 އަހަރު ތެރޭގަ ވާރޭ ނުވެހޭ ވަރަށް އެއް ދުވަސް ތެރޭގައި ވާރޭވެހިއްޖެ ކަމަށް ކަމާބެހޭ ފަރާތް ތަކުން ބުނެފިއެވެ.

ރިޕޯޓްތަކުގަ ވާގޮތުގައި ވިއްސާރައިގައި ފްލެޝް ފްލަޑްތަކާއި ބިންގަނޑު ކަނޑައިގެން ގޮސް 22 މީހުން މަރުވެފައިވާއިރު، ގިނައީ އުތުރުގެ ސްޓޭޓް ހިމާޗަލް ޕްރަދޭޝް އިންނެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އާދީއްތަ ދުވަހު ނިއުދިއްލީއަށް 153 މިލިމީޓަރު (6 އިންޗި) ވާރޭ ވެހިފައިވާއިރު، މިއީ 1982 ވަނަ އަހަރަށް ފަހު ޖުލައި މަހުގެ އެންމެ ބޮޑަށް ވާރޭވެހުނު އެއް ދުވަހެވެ.

އާދީތަ ދުވަހު މޫސުމާބެހޭ ޑިޕާޓްމަންޓުން ވަނީ އުތުރުގެ ސްޓޭޓްތައް ކަމަށްވާ ހިމާޗަލް ޕްރަދޭޝް، އުއްތަރަކަންޑު، ޕަންޖާބު އަދި ހަރިޔާނާ އަށް ރެޑް އެލާޓް ނެރެ، އެންމެ ބޮޑު ނުރައްކަލެއް އޮތް ކަމަށް އަންގާފައެވެ. އުއްތަރަ ޕްރަދޭޝް އާއި ހިމާޗަލް ޕްރަދޭޝް އަށް ވެސް ވަނީ ބިންގަނޑު ކަނޑައިގެން ދާނެކަމުގެ އިންޒާރު ދީފައެވެ.