އަޅުގަނޑުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމެއްނޫން: ޔާމީން

އިންޑިއާ އައުޓް ގަރާރު ބަތިލު ކުރަން މުއިއްޒަށް ކެރިވަޑައި ނުގެން

އަޅުގަނޑުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމެއްނޫން: ޔާމީން

ޑރ. ޖަމީލާއި މަލީހަކީ ރައީސް ޔާމީނުގެ އިހުލާސްތެރިން ނޫން ކަމުގެ ވާހަކަ ރައީސް މުއިއްޒާއި އަބްދުއްރަހީމް ނުދެއްކެވުމަށް ރައީސް ޔަމީނު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒުގެ ރޯލްމޮޑެލަކީ އަބްދުއްރަހީމް ކަމަށް ވިޔަސް " އަޅުގަނޑުގެ ރޯލު މޮޑެލް އަކީ އަބްދުއްރަހީމެއް ނޫން" ކަމުގައި ރައީސް ޔާމީނު ވިދާޅުވިއެވެ. 

ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމަށްފަހު ޕީއެންސީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ ޑރ. ޖަމީލު ޔާމީނު ދޫކޮށް ލެއްވީއެއް ނޫންނެވެ. ރައީސް ޔާމިނު ވެރިކަމުގައި ބާރުގައި ހުންނެވިއިރު ޖަމީލު ދޫކޮށްލެއްވީ ޔާމީނު ކަމަށް ވެސް ޔާމީނު މިރޭ ވިދާޅުވިއެވެ. 

ޑރ. ޖަމީލު ވަނީ ރައީސް ޔާމިނު އެންމެ ނިކަމެތިވެ ވަޑައިގަތް ވަގުތު އެއްވެސް މަޖުބޫރު ކަމެއްނެތި އިހުލާސްތެރި މަސައްކަތް ތަކެއް ކޮށްދެއްވާފައި ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރުވެރިވެ ވަޑައިގަންނަވާނެ ކަމަށް ޔާމީނު ވިދާޅުވިއެވެ. 

މި ސަރުކާރުން ރައީސް ޔާމީނު ހައްޔަރުގައި ބެހެއްޓުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެއްވަމުން ޕީޕީއެމްގެ ލީޑަރޝިޕުން ޔާމީނުގެ އުސޫލުތައް ހިފަހައްޓަން މަސައްކަތް ނުކުރައްވާ ކަމަށާއި އިންޑިއާ އައުޓް ގަރާރު ބަތިލު ކުރަން މުއިއްޒަށް ކެރިވަޑައި ނުގެންކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.