އާސަންދަ ލިބޭ ޅެންފަރުވާ

ވިއްޔެ ޅެންފަރުވާ ކުރަން ނޫނީ މަވާނީ ދެންމަރޭ

އާސަންދަ ލިބޭ ޅެންފަރުވާ

ނެތްތަ ޅެންވެރިޔަކު މަގޭ ބަލިހާލު ނަފްސާނީ ހުރޭ

ހަތް ހުވާކޮށް ދޮގުމަތީ އެޅި ސާލު ހިއްލާލަން ކެރޭ 

ލައްކަ ހަތިޔާރާ އެކީ ތިބިހާ ސިފައިންތައް އިންޑިއާ 

ގެއްލި ދިޔަތަން ނޭނގުމުން ގަންނާކުރައްވާ ގަތްބިރޭ 

ދެއްކި ހުސްގޮނޑި ވީތަނެއް ނޭނގޭތި އިރުކޮޅަކާރޮވޭ

ހެއްލި އެބަހަށް ލެވުނު ވޯޓުގެ ހިތިކަމުން ބެދެނީއަރޭ 

ދީނަށާ ގައުމިއްޔަތަށް އޮތް ލޯބި ގެރި ލޯތްބަށް ހަދާ 

ހީނުވާހާ ހީލަތާ  ހެދި ދޮގު ތަކުން އަދު ލޯ ފުރޭ 

ބައްޔަކީ މީއޭ މަގޭ ފަރުވާ އަކީ ޅެންވެރި ކަމޭ

ވިއްޔެ ޅެންފަރުވާ ކުރަން ނޫނީ މަވާނީ ދެންމަރޭ