އާޒިމާއަށް އީދު އުފާ ލިބޭނީ ކުޅުދުއްފުށި ޖަލަށްލައިގެން؟!
އިސްލާމީ އީދުގެ އުފާވެރިކަން ގެއްލެނީ މަށިމާލި ފެރެޑަކުން ނޫނެވެ. އިސްލާމީ އީދުގެ އުފާވެރިކަން ގެއްލެނީ ކުރާ ފާހިޝް ކަންކަމާއި މުންކަރާތްތަކާއި ހަރާމް ކަންކަމުގެ ދިފާއުގައި ދީން އައްޑަނައަކަށް ހަދާ ވެރިންގެ ސަބަބުންނެވެ.
ދީނާއި ގާނޫނުގެ ނިވަލުގައި ތިބެގެން ވެރިންކުރާ ކަންކަން ތަމްސީލު ކުރިމާ އެކަން ގޯސްވާ ފަދައިން ޝާހީ ވަކީލަށް ވެރިން ހިންގާ ޖަރީމާތައް ގޯސްވެގެން އުޅެތީއެއް ނުފެނެއެވެ..
ނޭއްގާނި ވެރިއެއްގެ ނުބައިނުލަފާކަން ހުއްޓުވަން އިސްލާމް ދީން ބާރު އަޅާކަން ޝާހީ ވަކީލަށާއި ބަނޑު ހަނޑޫ ލިބޭ އިލްމު ވެރިންނަށް ނޭނގެނީތާއެވެ. ނޫނީ އެނގޭކަމަށް ނުހަދަނީ ހެއްޔެވެ.
ވެރިން ފާހިޝް އަމަލުތަކާއި ހަރާމް ކަންކަމަށް އަރައިގަންނަ އަރައިގަތުން ހުއްޓުވަން އާރާބާރު ނެތް ރައްޔިތުންނަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ މަށިމާލި ފަދަ ތަމްސީލީ ހަރަކާތް ހިންގައިގެން މުޑުދާރު ވެރިޔާ ލަދު ގަންނަވާލުމެވެ. އެއްޗެއް ވިސްނޭވަރުކޮށްލުމެވެ.
އީދު އުފާކުރުމުގައި އޮންނަންޖެހޭ ދުރޫސުލް އަހުލާގުގެ ވާހަކަ އެއްގޮތަކަށް ވެސް އާޒިމާ ނުދައްކާށެވެ. އާއިލީ ބޮޑު ނައިބު ހެދިގެން ދޭހާ ގާނޫނީ ނުލަފައިން މުއިއްޒު ކަހަލަ ރުންކުރު ވެރިންނަށް އޮޅެނީ މަގެވެ. ޖަދަލު ކުރުމާއި ބަދަލު ހިފުން ނޫންކަމެއް އޭރަކުން ނުކުރެއެވެ.
ޝާހީ ވަކީލަށް މިފަހަރުވެސް ކަމެއް ކުރެވުނު ކަމަށްވާނީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑާ ދެކޮޅަށް ގޯތި އައްބާސް ލައްވާ ދައުވާ ކުރުވިއްޔާއެވެ. ކުރަންވީ ހުކުން ވެސް ލިޔެފާ ފަނޑިޔާރަށް ދީގެން ކުޅުދުއްފުށި ޖަލަށްނުލާ އީދުއުފާ މިފަހަރު އާޒިމާއަށް ލިބޭނެއެކޭ ހިތަކަށް ނާރައެވެ.




