މަރުހަބާ މޭޔަރ އާދަމް އާޒިމް

އެމްޑީޕީއަށް ރައްޔިތުން އިތުބާރުކުރޭ

މަރުހަބާ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީ މޭޔަރ ހޮވުމަށް މިއަދު ބޭއްވި ބައި އިލެކްޝަނުން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ދަނީ ކުރި ހޯއްދަވަމުންނެވެ. މިހާތަނަށް އިއުލާނު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އާދަމް އާޒިމް މާލޭ މޭޔަރުކަން ކާމިޔާބު ކުރައްވާނެކަން ކަށަވަރު ވެއްޖެއެވެ. 

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ބޭއްވޭ އެންމެ ވާދަވެރި އިންތިހާބުގައި މާލޭ ރައްޔިތުން ޑރ. މުއިއްްޒަށް ނޫނެކޭ ބުނެފިއެވެ. މާލޭ މޭޔަރުކަން ޕީއެންސީއަށް ނުލިބުމަކީ ޑރ. މުއިއްޒުގެ ސަރުކާރަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. 

މާލޭ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބަށް ފަހު އެމްޑީޕީއަށް ހަމަޖެހުމުގެ ނޭވާއެއް ލުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދިވެސް ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. 

މާލޭ ސިޓީ މޭޔަރ އިންތިހާބުގައި އާދަމް އާޒިމު ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަށް ހީރަސް ނިއުސް ޓީމުގެ ފަރާތުން މަރުހަބާ އާއި ތަހުނިޔާ ދަންނަވަމެވެ.