ބަނޑުހައި ހޫނުކަމުގެ ކަލްޓެއްގެ 47 މަރު

ބަނޑުހައި ހޫނުކަމުގެ ކަލްޓުގެ ވެރިޔާ ޗާރޗް ލީޑަރު ޕޯލް މެކެންޒީ ހުރީ ފުލުހުންގެ ބަންދުގައި

ބަނޑުހައި ހޫނުކަމުގެ ކަލްޓެއްގެ 47 މަރު

ކެންޔާގެ އަސޭރިފަށުގެ ރަށެއް ކަމަށްވާ މަލިންޑީ ކައިރީން  ހަށިގަނޑުތަކެއް ފެނިއްޖެއެވެ. ފުލުހުންގެ ތަހުގީގުން ފެނުނު 47 ހަށިގަނޑުގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި މިހާ ގިނަ އަދަދެއްގެ މީހުން މަރުވާން ދިމާވީ ބަނޑުހައި ހޫނުކަމުގައި ދުވަސްތަކެއް ހޭދަ ކުރުމުގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި މަރުވެފައިވާ މީހުންނަކީ ކަލްޓެއްގެ ބައިވެރިންތަކެކެވެ. ބަނޑުހައި ހޫނުކަމުގެ ކަލްޓުގެ ވެރިޔާ ކަމަށް ޝައްކު ކުރެވޭ، ޗާރޗް ލީޑަރު ޕޯލް މެކެންޒީ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައިއެވެ. އޭނާ ކޯޓަށް ހާޒިރުވުމުގެ އަމުރު ވަނީ ނެރެފައިއެވެ.