ލޯޔަރ މާއްޓޭގެ ރައްދެއް: ދިޔާނާއަށް

ކޯލިޝަން އެގްރިމެންޓް އެއީ ވަންވޭ ގޯޅިއެއްތޯ: މާއްޓޭ

ލޯޔަރ މާއްޓޭގެ ރައްދެއް: ދިޔާނާއަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ކޯލިޝަން ޕާޓްނަރުންނާއި އެކު ކޯލިޝަން ހެއްދެވީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު ދައްކަވާ ހުއްޖަތުގައި ފެނެއް ނުހިފައެވެ. ދިޔާނާ ވިދާޅުވާ ގޮތުން " ވީމާ އެ މުއްދަތު ހަމަ ނުވަނީސް ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ މީހުން އެ މީހުން ތިބި މަގާމު ތަކުން ވަކިކުރުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން" ކަމުގައި ވާނެ ކަމަށެވެ. 

ދިޔާނާ މި ދައްކަވަނީ ކޮންކަހަލަ މޮޔަ ވާހަކަފުޅެއް ހެއްޔެވެ. އެއްބަސްވުމަކީ އެއްފަރާތުން އަމަލު ކުރަންޖެހޭ އެއްޗެއް ނޫނެވެ. އެއްބަސް ވުމެއް ހަދަނީ ދެ ފަރާތެއް ނުވަތަ އެއަށް ވުރެ ގިނަ ފަރާތް ތަކެއް އޮވެގެން އެންމެންމެ އެއަށް އިހުތިރާމްކޮށް އަމަލުކުރުމަށެވެ. 

ދިޔާނާގެ ދެއުޅި އެއްނުވާ އެވާހަކަފުޅަށް ރައްދު ދެއްވީ ލޯޔަރ މައުރޫފް (މާއްޓޭ)އެވެ. މާއްޓޭ އެ ވިދާޅުވަނީ ތެދުފުޅެކެވެ. އެ ވާހަކަފުޅުގައި އާރުލައެވެ. ފެން ހިފެއެވެ. 

މާއްޓޭ ވިދާޅުވަނީ " އެހެން ކަމަށް ވާނަމަ 5 އަހަރު ހަމަވަންދެން ރައީސާއެކު ތިބެންވެސް ވާނެތާ" އެވެ. އެއްބަސްވި ދައުރު ފުރިހަމަ ނުވަނީސް ރައީސާ ވާދަ ކުރަން ނިކުތުމަކީ ވެސް ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމަށް މާއްޓޭ ވިދާޅުވެއެވެ. "ކޯލިޝަން އެގްރިމެންޓް އެއީ ވަންވޭ ގޯޅިއެއްތޯ" މާއްޓޭ ސުވާލު އުފެއްދެވިއެވެ. 

ބުނަން ހެއްޔެވެ. މާބޮޑެތި ގާނޫނީ ވާހަކަ ދައްކަވާ ވަރަށް ވުރެ ދިޔާނާ ސައީދުމެންގެ ތައައްސަބު މާބޮޑެވެ. ދިޔާނާމެންގެ ގާނޫނީ ބުރަދަން އުޅުއްވާލެއް އައްޗިކަމުން އަމިއްލަފުޅަށް ވަނީ ނަގާލާފައެވެ. ދިޔާނާމެން ދައްކަވާ ވާހަކަ ފަނޑިޔާރުންގެ ބެންޗެއް ކީއްކުރަން ހެއްޔެވެ. ދަތްޕުކު ރޮނޑެއްވެސް މިހާރަކު ގަބޫލެއް ނުކުރާނެއެވެ. ނާހާނެއެވެ. 

2012 ގައި ކުރި ބަގާވާތުގައި ޖުމްހޫރީ މައިދާނުގައި ކަނޑިކި ނަގައިގެން އުޅުނު އުޅުން ވެސް ތިޔަހެން މިހާރު ދައްކަވާ ގާނޫނީ ވާހަކަފުޅު ތަކަށްވުރެ ދިޔާނާއާ މާ ބޮޑަށް ގުޅެއެވެ. މާ ރަނގަޅަށް ފެން ހިފައެވެ.