ސިޔާސީ މަގާމުތަކަކީ ތުޅާދޫ އަމީންގެ ތަރިކަ!
ގާނޫނު އަސާސީގެ 115 އޮންނަނީ ތުޅާދޫ އަމީނަކަށް ނޫން
ސިޔާސީ މަގާމުތަކަކީ ޖޭޕީގެ ނައިބު ލީޑަރ އަމީން އިބްރާހީމްގެ މައިފުނަ ތަރިކައެއް ނޫނެވެ. ވަޒީރުކަމަށް މީހުން އިސްކުރުމާއި ވަކިކުރުމާއި އިސްތިއުފާ ގަބޫލުކުރުމަކީ މީދޫ އިބްރާހިމްފުޅުގެ އަމީނަށް ގާނޫނު އަސާސީ ދޭ ބާރެއް ނޫނެވެ. އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ދީފާ އޮންނަ ބާރެކެވެ.
ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި އެ މަގާމުތަކަށް މީހުން ލުމާއި ވަކި ކުރުމުގެ ބާރު ގާނޫނު އަސާސީގެ 115 ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ތުޅާދޫ އަމީނަކަށް ނޫނެވެ.
ޖުމްހޫރީ ޕާޓިން ސަރުކާރާއެކު ކޯލިޝަން ނުހަދަން ނިންމިޔަސް އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަގާމުތަކުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް އަމިނު އިބްރާހީމް ބުނީމާ އަމީނުގެ ގަމާރުކަން ކިތަންމެހާވެސް ބޮޑަކަށް އެގެއެވެ. އަމްދުން ޖުމްހޫރީ ސްލޮޓްގައި ސިޔާސީ މަގާމެއްގައި ސަރުކާރުގައި ހުންނަ އެއްވެސް މީހަކު ވަކި ނުކުރެވޭނެ ކަމަށް ބުނިއިރު އަމީނު ހަމަތޯ ސުވާލު އުފެދެއެވެ.
ދައުލަތުގެ މަގާމުތަކާއި ސިވިލްސާރވިސްގެ މަގާމުތަކާއި އައްޔަނުކުރާ ސިޔާސީ މުއައްޒަފުންގެ ތަފާތު އަމީރު އަމީނު ހެދިގެން އުޅޭ އަމީނަކަށް ނޭނގެއެވެ. ސިވިލްސާރވިސް މުއައްޒަފުން އައްޔަނުކޮށް ބަދަލުކޮށް ވަކިކުރަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ރައްޔިތުންގެ މަޖިލީހާއި އެހެނިހެން އިންތިހާބީ މަގާމުތަކާއި ޖުޑިޝަރީއަކީ ރައީސް މީހުން ކަނޑާ އެއްކުރާ ތަންތަނެއް ނޫނެވެ. މަޖީލީހުން ފާސްގެން އައްޔަނުކުރެވޭ މިނިވަން މުއައްސަސާތަކަކީވެސް ސަރުކާރުގެ ބައެއް ނޫނެވެ. ވަޒީރުން އައްޔަނުކޮށް ވަކިކުރުމާއި ގާނޫނު އަސާސީގެ 115 ގެ ދަށުން ސިޔާސީ މަގާމު ދިނުމާ ވަކިކުރުމަކީ ރައީސްއަށް ލިބިފައި އޮންނަ ބާރެކެވެ. ދައުލަތުގެ މިލްކުވެރި ކުންފުނި ތަކުގެ ހިންގާ ބޯޑު އެކުލަވާ ލުމުގައިވެސް ރައީސްއަށް ބޮޑެތި ބާރުތަކެއް އޮވެއެވެ.
އަނގަފުޅާކޮށްފައި އަމީނުމެން އެއްޗެއް ބުނާއިރު ވަކި ފިކުރަކަށްވީތީ މަގާމުން ވަކި ނުކުރާނަމޭ ރައީސް ވިދާޅުވީ ކޮންބައެއްގެ ވާހަކަ ހެއްޔެވެ. ކީއްވެ ހެއްޔެވެ. އެނގޭހެއްޔެވެ. ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އާއްމު މުއައްޒަފުންނާއި ސިވިލްސާވިސް މުއައްޒަފުންގެ ވަޒީފާއާއި ޔާމީނު ސަރުކާރުން ކުޅެމުން ގޮސްފައިވަތީ ރައީސް ސޯލިހު ވިދާޅުވީ އެކަން ނުކުރައްވާނެ ވާހަކަ ކަމެއް އެހެން ބުނާ އެއްވެސް ބުރާންޗަކަށް ނޭގެއެވެ.
ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އިސްކޮށްފައި ތިބޭމީހުން އެކަން ނުކޮށް އެހެން ކަމަކާ އުޅެން ފެށީމާ އެ މިހުން ވަކިކޮށް އެހެން ބަޔަކު އައްޔަނު ނުކުރޭވޭ އެއްވެސް ހަމައެއް ދުނިޔޭގެ ތާކު ނުއޮންނާނެއެވެ.
ރައީސް ސާލިހުގެ ސިޔާސަތު ފަސްއަހަރު ވަންދެން ތަންފީޒްކޮށް ދިނުމަށް ވައުދާ އަހުދުވެގެން އުޅެފައި ސަރުކާރުގެ ސިޔާސަތުތައް ބޮލާލަޖަހާ އެހެން މީހެއްގެ އެޖެންޑާ ޕްރަމޯޓް ކުރަން ފެށުމެކޭ ހަލާލު އަނބި މީހާ ހަށިވިއްކަން ނިކުތުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ.
އިއްޔެ މަޖިލީހުގައި ރާއީ ވިދާޅުވީ ޖޭޕީއަށް ނިސްބަތްވާ އިތުރު ވަޒީރުންނާއި ތަންތަނުގެ ވެރިން ޕާޓިން ވަކިވެ ސަރުކާރާ ގުޅެން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރާއީ ވިދާޅުވީ މަޖިލީހުގައި ގާސިމް ދިފާއުކުރަން ވެސް މަޖިލިހުގައި ތިއްބެވީ ދެތިން ބޭފުޅުން ކަމަށެވެ. އެހެންކަމުން ރީތި ގޮތަކީ ގާސިމް ސަރުކާރާ ގުޅި އިންތިހާބު ކާމިޔާބު ކުރުން ކަމަށް ރާއީ ވިދާޅުވިއެވެ.