ނަޝީދު ވެރިކަމަށް ގެނެސްގެން ހިޔާވަހިކަން ދޭން ވާނީ ލަސް!
މާލޭ މީހުނަށް އިބޫ މިއަހަރު ގޯތި ދޭނެ!
އެމްޑީޕީގެ އަމާޒުތަކަށް ވާސިލުވުމަށް ރައީސް ސާލިހު އިންތިހާއަށް އިހުމާލުވެ ވަޑައިގެންފިކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންތައްތަކެއް އެބަވިދާޅުވެއެވެ. ރިޔާސީ ޕްރައިމަރީއަށް ނިކުމެވަޑައިގަންނަވާ ވެރިކަން ހޯއްދަވަން ރައީސް ނަޝީދު އުޅުއްވަނީ އެކަންކަން ހާސިލު ކޮށްދެއްވަން ކަމަށް އެވިދާޅުވާ ކަންކަމަކީ ރައީސް ސާލިހު ސަރުކާރުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ކަންކަމެވެ. ރައީސް ނަޝީދު އެވިދާޅުވާ ކަންކަން ހާސިލުކުރެވެމުން ނުދާކަމަށް ރައީސް ނަޝީދު އެވިދާޅުވާ ކަންކަން ފުރިހަމަ ވަމުންދާތަން ރައީސް ނަޝީދަށް ފެނިވަޑައި ނުގަތުމަކީ އެމަނިކުފާނުންގެ ވިސްނުންފުޅުގެ ކޮށިކަމެވެ. ނޫނީ އެއީ ރައްޔިތުންނަށް އޮޅުވާލައްވާ އޮޅުވާލުމެކެވެ. އެހެނަސް އެކަންކަން ރައްޔިތުންނަކަށް ނޯޅެއެވެ.
ރައީސް ނަޝީދު ހާސިލުކުރައްވަން އަމާޒު ހިއްޕަވާ ކަންކަން ކަމަށް ވިދާޅުވާ ކަންކަމުގެ ތެރެއިން ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ސާލިހު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް މިދަނޑި ވަޅު ބަލާލުން މުހިންމެވެ.
ބޯހިޔާވަހިކަން:
ނަޝީދުގެ އަމާޒު:
- ސަރުކާރާއި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން
- ދިގު ނުދަންމާ ގޯތި ކަނޑާފާ ދިނުން
- ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުން
- ގޯތިބިނާ ކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖައްސާދިނުން
ރައީސް ސާލިހު ހާސިލު ކުރައްވާ މިންވަރު:
- ދިގު ނުދަންމާ ގޯތި ކަނޑާފާ ދިނުން: މާލޭގެ ރައްޔިތުންނަށް 3000 ގޯތި ދެއްވަން ކަނޑައަޅުއްވާ އެކަމަށް އެދޭ ފަރާތްތައް ހޯއްދަވާ ގޯތި ދޭނެ ބިންތައް ކަނޑައަޅުއްވާ ހައްގުވާ މީހުން ޝޯޓު ލިސްޓްކޮށް 2023ގެ ޖުލައިމަހުގެ ކުރިން ގޯތި ހަވާލު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާ ވަނީ ނިމިފައެވެ.
- ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުން:
ހ. ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށްޓަކައި 18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.
ށ. 4000 ފްލެޓް "ގެދޮރުވެރިޔާ" ސްކީމަށް ހާއްސަކޮށްގެން 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް އެހެރެދަނީ ނިމެމުންނެވެ. އެތަންތަނަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން އިމާރާތްކޮށް 2024ގެ މެދުތެރެއަށް ދާންވާއިރު ހުރިހާތަނެއްގައި މީހުނަށް ދިރި އުޅެވޭވަރު ކޮށްދެވޭނެތަންތަނެވެ.
ނ. އަތޮޅުތަކާއި މާލެނޫން ސިޓީތަކުގައި އެތައް ސަތޭކަ ފްލެޓެއް ދަނީ އިމާރާތްކުރެވި ނިމެމުންނެވެ. ބިން އޮތް ރަށްރަށުން ލޭންޑްޔޫސް ޕްލޭން ކައުންސިލްތަކުން ނިންމަމުން ދާވަރަކަށް ގޯތިދެވެން ހުރިރަށްރަށުން އެގެންދަނީ ގޯތި ދެމުންނެވެ.
- ގޯތިބިނާ ކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖައްސާދިނުން: އެޗްޑީއެފްސިއާއި އެހެނިހެން މާލީ އިދާރާތައް މެދުވެރިކޮށް އިންޓްރެސްޓް ކުޑަކޮށް ގެދޮރުވެރި ކަމަށް އެތައް ހާސްލޯނެއް ވަނީ ދީފައެވެ. ދަނީ ދެމުންނެވެ.
ރައީސް ނަޝީދުވެރި ކަމަށް އެނބުރި ވަޑައިގަތަސް އެކަންމަށް މިހާރު ނުވާ އަވަހެއް ނުވާނެއެވެ. މިހާރު ކަންކަން ކުރިއަށް ގެންދާ އުސޫލުތައް ބަދަލުކޮށް ކަންކަން އިތުރަށް ހަމަޖައްސަން އިތުރު ވަގުތު ނެގުން ނޫންކަމެއް ނުވާނެއެވެ. ވިއްޔާ ވާނީ ލަހެވެ. އޮތްގޮތް ބަދަލުކޮށް ލަސްކޮށް ފަސްކުރުމަށް ބޭނުން ނުވާނަމަ ހިނގަމުންދާ ކަންކަން ރޭވިފައިވާ ތަރުތީބުން ކޮށްނިންމުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް އެމްޑީޕީން ހޯދާ ދިނުމަށްވުރެ އެމްޑީޕީއަށް ވެސް ރައްޔިތުންނަށް ވެސް މޮޅު އެހެން ގޮތެއްނެތެވެ.