އާދައަކަށް ވުމުން ގޯސް އެއްގޯސްވޭ: ރައީސް

ދައުލަތުގެ ތިންބާރާއި ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަން

އާދައަކަށް ވުމުން ގޯސް އެއްގޯސްވޭ: ރައީސް

ކަމެއް މާގިނަ ދުވަހު ދެމި  އޮވެ އާދަ އަކަށް ވުމުން ނުރަނގަޅު ރަނގަޅެއްގެ ގޮތުގައި ބެލެވި ގޯސް އެއްގޯސްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމް ވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މިނިވަން މާހައުލެއް ރައީސް ސާލިހު ވަނީ ރާއްޖޭގައި ގާއިމުކޮށް ދެއްވާފައެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، ކުރާ ތަހުގީގަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރަކު ނެތެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގުވާމީ މުޖްތަމައުން މިއަދު ބަލައިގަނެއެވެ. ތެދުފުޅެކެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ފަރުވާ ބޭނުން ވެފައިވާ އެންމެ ބޮޑު ބަލިމަޑު ކަމެވެ. އެ ބައްޔަށް އޮތް ޝިފާއަކީ، ހާމަ ކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުމެވެ. ރައީސް ސާލިހު ކުރައްވާ މަސައްކަތްޕުޅަކީ އެއީއެވެ.

ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް އެ އަންނަ ކުއްލި ބަދަލާއި އެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިސްލާހު ވެގެން ނުދެއެވެ. ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތައް ބަންދުވެ، ވެފައި އޮންނަ ޒަމާންވީ އާދަ ވަގުތުން ބަދަލެއް ނުވެއެވެ. ކުރިއްސުރެ އޮތް އެ ނުބައި އާދަ އަދިވެސް ދައުލަތުގެ ތެރޭގައި އެބައޮތެވެ. އެ ކަމަށް ރައީސް ވެސް އެއްބަސްވެ ވަޑައިގަނެއެވެ.

ދައުލަތުގެ ތިންބާރާއި ސިވިލް ސޮސައިޓީގެ ތެރޭގައި ވެސް ކޮރަޕްޝަން އޮތް ކަމަށް ރައީސް އެއްބަސްވެ ވަޑައިގަންނަވައެވެ. ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެ ކަމަށް ހިތްވަރު ދިނުމަށް ވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވެއެވެ. އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުންކަން ރައީސް ފާހަގަ ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ހަގީގަތަށް ބުރަވެ ވަޑައިގެން ހުންނަވައެވެ.

ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ދޮރުތައް ދެނެގަނެ ނަޒާހަތްތެރި ކަމާއެކު ހިންގުމުގެ ނިޒާމް ހިންގުން ބައްޓަން ކުރުމަށް ސިވިލް ސޮސައިޓީން ފުރޭނިގެން އަންނަ ހިޔާލުތަކާއި ހުށަހެޅުން ތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމުގެ ޔަގީކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ.