ހީރަސް ޕޯލް: އެއްބުރުން ރައީސް އިބޫ ހޮވޭ.
އިބޫ އަށް 54 އިންސައްތަ ލިބި ވަޑައިގަންނަވާ
މިކަހަލަ ކިތަންމެ އޮންލައިން ނޫހަކުން އެކި ބާވަތް ބާވަތުގެ ޚިޔާލު ހޯދުމުގެ ވޯޓާ ޕޯލްތައް ހަދާ ނަތީޖާތައް ފުލުފުލުން ކުލަކުލައިގާ އެބަ ނެރެއެވެ. ރަށްރަށާ ސިޓީ ތަކާ އަވަށްތަށް ވަކިން ވެސް ނަތީޖާ އެބަދައްކައެވެ.
މާދަމާ ވޯޓް ނަގާ މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ތަފާތު އިންތިޚާބެއްކަން ހީރަސް ނޫހުން ދެމަސް ވަންދެން މުޅިރާއްޖެ އަތްފުނާ އަޅައިގެން ހެދި ޕޯލުގެ ނަތީޖާ މިއަދު 2:00 ގައި ނިންމާލައިފީމެވެ.
މަލްޓި ޕާޓީ ނިޒާމުގައި އެއްބުރުން ނަތީޖާ ނެރުމަކީ މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަހަރު ހީރަހުން ހެދި ޕޯލްގެ ނަތީޖާ ދެއްކީ ތަފާތު ކޮންނެވެ.
މާދަމާގެ ވޯޓް އެއްބުރުން ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ކާމިޔާބު ކުރައްވާނެ ކަމަށް މިޕޯލުން ދައްކަނީ އެންމެ ދަށް ވެގެންވެސް 54އިން ސައްތަ އަށްވުރެ މަތިންނެވެ .
މިނަތީޖާ މިހެން ދެއްކި މައިގަނޑު ސަބަބަކީ ކުދި ރަށްތަކުގެ ބޮޑު އަޣުލަބިއްޔަތު ރައީސް ސޯލިހު ތަނަވަސްކޮށް ނެންގެވުމެވެ. އަދި އެއާ އެކު މެދުފަންތިއާ ބޮޑެތި އާބާދީ ތަކުގެ ވޯޓްވެސް 2018 އާ އަޅާ ކިޔާއިރު ދަށްނުވެ އެވްރެޖް ވަޒަނުގައި ހިފެހެއްޓިފައި ހުރުމެވެ.
މަންޒަރު ފެންނަ ގޮތާ އެއްގޮތަށް ރައީސް ޔާމީނަށް އޮތް އިދިކޮޅުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓަކަށް ނެތެވެ. އަނެއްކޮޅުން ޑިމޮކްރެޓްސްގެ ސަބަބުން ރައީސް ޞޯލިޙަށް ގެއްލޭ ވޯޓަށްވުރެ އެމްޑީޕީއަށް ކުރިންނެތް މާގިނަ ވޯޓް ރައީސް ޞޯލިހަށް އެބަ ލިބިވަޑައިގަނެއެވެ.
އަދި މިނަތީޖާ އެއްބުރުން ރައީސް ޞޯލިހަށް ސިއްކަ ޖަހައިދެނީ އައްޑޫ ސިޓީ އާ މާލެ ސިޓީން ރައީސް ޞޯލިޙް ހޯއްދަވާ "ޑިސިސިވް " ޗަންްކްގެ ސަބަބުންނެވެ.
ކުރިއާ ޚިލާފަށް ކުރިން ގާސިމް އިބްރާހިމް ނެންގެވި ބައިލައްކަ ވޯޓް މިފަހަރު ހުރީ ކިރިޔާ 2 އަކުރާ ހަމައަށް އަރާ ހާހުގައެވެ.
ހީކުރިގޮތާ ޚިލާފަށް ކާނަލް ނާޒިމްގެ ނަން ދިވެހިންގެ ހިތަކު ބިންވަޅުނެގޭ ތަން މިޕޯލް އަކުން ނުދައްކައެވެ. ވީމާ 2023 ވެގެންދާނެ ކަމަށް މި ދައްކަނީ ރިޔާސީ އިންތިޚާބް ދެވަނަ ފަހަރަށް އެއްބުރުން އިބޫ ކާމިޔާބް ކުރާ ފަހަރެއްގެ ގޮތުގައެވެ. ޑިމޮކްރެޓިކް ވާދަވެރި އިންތިހާބު ބާއްވަންފެށި ފަހުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމުގެ ރެކޯޑް ހާސިލްކުރާ ފުރަތަމަ ދިވެއްސަކަށް ރައިސް ސޯލިހުވެ ވަޑައި ގަތުމެވެ.
ރައީސް ޞޯލިހަށް ދެވަނަ ދަައުރު ކަށަވަރުވާ އެއް ސަބަބަކީ ރައީސް ނަޝީދާ ދެކޮޅަށް ޖައްސާ ލާދީނީ ވަތަނީ ބަސްތައް ރައީސް ޞޯލިޙާ ދެކޮޅަށް އިފެކްޓިވް ނުވުމެވެ.