ނުނިމޭ ގޮތަށް އޮންނަ 99 އަހަރު. ބައިނަލް އަގުވާމީ ބާޒާރަށް ހުޅުވާ ނުލީ ސަމޯއާ އެއްބަސް ވުމުގެ ބާބަކީ ބާ؟

ޕްރޮޖެކްޓުގެ ބޮޑު މިނާއި އަގާއި ތަން ދޫކުރާ މުއްދަތާއި ދިމާ ނުވޭ

ނުނިމޭ ގޮތަށް އޮންނަ 99 އަހަރު. ބައިނަލް އަގުވާމީ ބާޒާރަށް ހުޅުވާ ނުލީ ސަމޯއާ އެއްބަސް ވުމުގެ ބާބަކީ ބާ؟

އާންމު މީޑިއާތަކުގައި ބުނާ ގޮތުންނަމަ ރަސްމާލޭގައި ތަރައްގީ ކުރާ ކަންކަން ބަޔަކަށް ކުއްޔަށްދޭ ދުވަހުން ފެށިގެން 99 އަހަރަށް ދެވެއެވެ. އަދި ސޮއި ކުރާ ކޮންމެ ފަހަރަކު 99 އަހަރަށް ދެވެއެވެ. 2033 ގައި ދިން ކަމުގައި ވިއަސް މުއްދަތު ހަމަވާނީ 2132 ގައެވެ. މި ފުރުސަތު އޮތްކަން ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނަށް ރަގަޅު ގޮތުގައި ސާފު ކޮށްދީފި ނަމަ އިންވެސްޓް ނުކުރާނެ ބަޔަކު ނުތިބޭނެއެވެ. ނިމުމެއް ނެތް އިންވެސްޓްމަންޓަކަށް ވާތީއެވެ.

ބުރުޖް ހަލީފާގެ އަގަކީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށް ލިޔެކިޔުން ތަކުން ފެނެއެވެ. ސިންގަޕޫރުގެ މެރީނާ ބޭގެ އަގަކީ 5.6 ބިލިއަން ޑޮލަރެވެ. މުއްދަތަކީ 60 އަހަރެވެ. މުއްދަތު ހަމަވާނީ އޯގަސްޓް 2066 ގައެވެ. 

ރާއްޖޭގެ މުއިއްޒު މާލޭގެ ބޮޑު މިނާ ބިނާތަކާއި ވިއްކާފައިވާ ނުނިމޭ މުއްދަތު 99 އަހަރުން އިތުރުވާ ގޮތަށް އޮންނަ ނަމަ ބޮޑު މިނުގައި 500 އެތަށް ހެކްޓަރެއް ކުއްޔަށް ނުނަގާނެ އިންވެސްޓަރެއް ނުހުންނާނެއެވެ. ބޮޑެތި ސިއްރުތަކެއް ވާނެ ކަމީ ކަށަވަރު ކަމެކެވެ. 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި މަޝްރޫއަށް ހޭދަ ކުރާނެ ކަމަށް ގަބޫލު ކުރަން ދަތިކަމަށް އިގްތިސާދީ އިލްމު ވެރިން ބުނަން ފަށައިފިއެވެ.

ބުރުޖް ހަލީފާއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުސް އަދި ފުރިހަމަ އިމާރާތެކެވެ. އެތަނަށް ހޭދަކުރި ކަމަށް އިއުލާނު ކޮށްފައިވާ 1.5 ބިލިއަން ޑޮލަރަށް ވާތީއާއި، ހަމަ މި ކޮންޓްރެކްޓްގައި ސޮއި ކުރި އީގަލް ހިލް އިން އަލްބޭނިއާގެ 450 ހެކްޓަރު ބިމުގައި ހިންގި ޔޮޓް މެރީނާ ގެ ޕްރޮޖެކްޓްގެ އަގަކީ 2.5 ބިލިއަން ޑޮލަރެވެ. މި ތަނުގައި ލަގްޒަރީ 12،000 ފުލެޓު ނުވަތަ އެޕާޓްމަންޓް ވެއެވެ. ޔޮޓު މެރީނާއަކާއި ހޮޓާތަކާއި ފިހާރަތަކާއި އޮފީސް ތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި އެކު ބޮޑު ޝަހަރެއް ބިނާ ކުރީ ކުޑައަގަކަށެވެ. ރާއްޖޭގައި އިމާރާތް ކުރާ ޖާގައަށް ވުރެ ކުޑައީ ގާތްގަނޑަކަށް 100 ހެކްޓަރެވެ. އަލްބޭނިއާގެ މި ޕްރޮޖެކްޓްގެ ސައިޒުގެ ދެ ގުނަ ނަމަވެސް ހިނގާނީ ގާތްގަޑަކަށް 6 ބިލިއަން ޑޮލަރެވެ. 

ފާޑު ކިޔާ މީހުން ފާޑު ކިޔަނީ ޕްރޮޖެކްޓެއް ރާއްޖެއަށް ލިބުނީމައެއް ނޫނެވެ. މި ޕްރޮޖެކްޓުގެ ބޮޑު މިނާއި އަގާއި ތަން ދޫކުރާ މުއްދަތާއި ދިމާ ނުވާތީއެވެ. ހަމަ އެފަދައިން މުސްލިމުންނާއި އަދާވާތްތެރި ޔަހޫދީންނާއި މި ޕްރޮޖެކްޓް ގުޅޭ ކަމަށް ކުރެވޭ ތުހުމަތެވެ.

އީގަލް ހިލްސް އިން މި މަޝްރޫއު އިއުލާނު ކުރި ހިސާބުން އީގަލްހިލްސް.ކޮމް ގައި ޝާއިއު ކުރި އަދަދުގައި ވަނީ 12 ބިލިއަން ޑޮލަރެވެ. ނަމަވެސް ދިވެހި ސަރުކާރުން ކޮށްފައިވާ އިއުލާނުތަކުގައި ވަނީ 20 ބިލިއަން ޑޮލަރެވެ. އަދި ފަހުން އީގަލް ހިލްސްގެ ވެބްސައިޓުން 12 ބިލިއަން ޑޮލަރުގެ ވާހަކަ ވަނީ އުނި ކޮށްފައެވެ.

އީގަލް ހިލަސްއަށް އޮތް ފުރުސަތުތަކާއި އެކު މި މަޝްރޫއު ދުނިޔޭގެ މާރކެޓަށް ހުޅުވާ ނުލީ ކީއްވެތޯ އަކީވެސް ކުރެވޭ ސުވާލެކެވެ. ފަހަރުގައި މި ޔަހޫދީން ނާއި އެކުވެރި ކުންފުންޏަށްވުރެ މާ ރަގަޅު ހުށަހެޅުން ލިބިދާނެ ތާއެވެ. އީގަލް ހިލްސްއިން އަލްބޭނިއާގައި ހިންގި ފަދަ ގާތްގަނޑަކަށް 5 މަޝްރޫއު އެ ކުންފުނީން އިއުލާނު ކުރި 12 ބިލިއަނުން ފުރިހަމަ ކުރެވޭނެއެވެ. އެއީ ގާތްގަނޑަކަށް 60،000 ލަގްޒަރީ ހައުސިންގ އެވެ. އަދި މުއިއްޒު ސަރުކާރު ކޯލިޝަނުން އިއުލާނު ކުރި 20 ބިލިއަން ޑޮލަރުންނަމަ 8 މަޝްރޫއު ހިންގުނީހެވެ. އެއީ ހަމައެކަނި ލަގްޒަރީ ހައުސިންއަށް ބެލި ނަމަވެސް 96،000 ހައުސިންނެވެ. މި އަދަދުތައް ފުރިހަމަ ވަނީ އަލްބޭނިއާ ޕްރޮޖެކްޓްގައި ހިމެނޭ ކޮންމެ ބައެއްގެ 5 ގުނަ 8 ގުނަ ވާނެ ގޮތަށެވެ.

ނަމަވެސް ފޮރުވިފައިވާ ކަންކަމާއި އެކު މި ކުރަން އުޅޭ ކަމުން ރާއްޖެއަށް ކުރިމަތި ވާނީ ގެއްލުން ކަމަށް ބައިނަލް އަގުވާމީ ބާޒާރުގެ އަގުތަކުން ފެނެއެވެ. އަދި މި ޔަހޫދީންނާއި ގުޅުން ބޮޑު ކުންފުނީގެ ސަބަބުން ގައުމީ މަސަލަހަތު ގެއްލި ގައުމީ ސަލާމަތަށް އެކި ގޮތްގޮތުން ގޮންޖެހުން ކުރިމަތި ވާނެ ކަމަށް އަރަބި ޖުއްބާ ލާފައި ޔަހޫދީ ތޮފި ނޭޅި ނަމަވެސް ނުވަތަ ނެހެރޫ ކުރުތާއާއި އެކު ޔަހޫދީ ތޮފި ނޭޅި ނަމަވެސް ބޮނަކުއާފެން ހެޔޮ ގޮތުގައި ބޮއި ހަދާ ބޭބޭ ފުޅުން ބުނެއެވެ.