ގަޔަތުރީގެ ޗުއްޓީ ދަތުރުވީ މަރުގެ ދަތުރަށް

ގަޔަތުރީގެ ޗުއްޓީ ދަތުރުވީ މަރުގެ ދަތުރަށް

ޗުއްޓީ ހަދަން ދިޔަ އިންޑިއާގެ ދިއްލީއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އައިޓީ ޕްރޮފެޝަނަލެއް ކަމަށްވާ ޕީ. ރާދާ ގާޔަތުރީ، އުއްތަރަޚާންޑުގެ މުސޫރީ-ދަނޯލްޓީ މަގުގައި ހުންނަ ހޯމްސްޓޭއެއްގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ އެތަނަށް ގޮސްފައިވަނީ އޭނާގެ ފިރިމީހާ ސޯމްޔާ ސްރީޗަރަންއާ އެކު މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމަފިރިން ޖޫން މަހުގެ 13 ވަނަ ދުވަހު ދިއްލީއިން ރިޝިކޭޝްއަށް ދަތުރުކޮށް، "ކިއާނާ ހޯމްސްޓޭ" ގެ "ބްލިސް" ނަމަކަށް ކިޔާ ކޮޓަރިއަކަށް ވަދެފައިވަނީ އެރޭގެ 11:30 ހާއިރުއެވެ.

ފިރިމީހާ ތަހުގީގަށް ކިޔައިދިން ގޮތުގައި، ދެމީހުން އެކުގައި ރާބުއިމަށްފަހު ނިދަން އޮށޯތީ ފަތިހު 3:30 ހާއިރުއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު، އޭނާގެ އަނބިމީހާ އެއްވެސް ހަރަކާތެއް ނެތި، ކުޑަކަމުދާ ތަކެތީގެ ތެރޭގައި އޮއްވާ ފެނުނުއިރު، އޭނާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ފިރިމީހާ ބުންޏެވެ. ވަގުތުން އެމްބިއުލާންސަށް ގުޅައިގެން އެހީތެރިކަމަށް އެދުނު ނަމަވެސް، އެތަނަށް ދިޔަ ސިއްހީ އެހީތެރިޔާ ވަނީ އޭނާ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން މިހާރު ދަނީ މި މަރުގެ ހަގީގަތް ހޯދުމަށް ތަހުގީގު ހިންގަމުންނެވެ. އަދި މަރުވި ސަބަބު ސީދާ ދެނެގަނެވޭނީ ޕޯސްޓްމޯޓަމް އަދި ފޮރެންސިކް ތަހުލީލުތަކުގެ ރިޕޯޓްތައް ލިބުމުން ކަމަށް ފުލުހުން ބުނެއެވެ.