ޕްލާސްޓިކް ގަވައިދު ބަދަލުކުރުމުގައި އިހުސާންގެ މަސްލަހަތު
2023 ޑިސެމްބަރގައި ތަންފީޒުކުރަންޖެހޭ ސިންގަލްޔޫސް ޕްލާސްޓިކް ގަވައިދު 2028 އަށް ވަނީ ލަސްކޮށްފަ
2023 ގައި ސިންގަލް ޔޫސް ޕްލާސްޓިކް (އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް) ބޭން (ބޭނުންކުރުން ހުއްޓާލުން) ކުރާނެކަމަށް 2019 ވަނައަހަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އދ ގައި ހާމަ ކޮށްފައެވެ. އެކަމަށް މަގުޗާޓެއްވެސް ކަނޑައެޅިއެވެ. 2020 ވަނައަހަރު ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓުވުމުގެ ޕްލޭން ފާސްކުރިއެވެ. އަދި މުދާ އެތެރެކުރުމާއި ބޭރު ކުރުމުގެ ގާނޫނަށްބަދަލުތައްވެސް ގެނައެވެ. އަދި ރިޔާސީ ގަރާރަކުން މަނާ ކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ލިސްޓު ކުރިއެވެ.
އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ތެރެއިން ފުރަތަމަ ބުރުގައި މަނާ ކުރާ ބާވަތްތައް 1 ޖޫން 2021 ގައި އާންމުކޮށް އިއުލާނު ކުރިއެވެ. 23 މެއި 2022 ގެ އިއުލާނުން ފުރަތަމަ ބުރުގައި މަނާ ކުރާ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކުގެ ބާވަތްތައް 1 ޖޫން 2022 އިން ފެށިގެން މަނާ ވާނެ ކަމަށް އެންގިއެވެ. އަދި އެކިއެކި ގާނޫނުތަކަށް ގެނައި ބަދަލުތަކުގައި އެ ބާވަތްތައް ހިމެނިއެވެ.
މުއިއްޒުގެ ވެރިކަމުގައި ރިޔާސީ ގަރާރަކުން ފުރަތަމަ ބުރުގައި މަނާ ކުރާ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކު ބާވަތްތަކުގެ ލިސްޓަށް 2023 ނޮވެމްބަރ މަހު ބަދަލު ގެނައެވެ. 500 އެމްއެލް އާއި 1 ލީޓަރު ޕްލާސްޓިކް ފުޅި މަނާ ކުރަން ނިންމާފައިވާ މުއްދަތު 2025 ޑިސެމްބަރުގައި އިތުރު ކުރިއެވެ. އެ ބަދަލުގައި ވަނީ 2025 ގެ ބަދަލުގައި 2027 އާއި 2028 ގައި އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ފުޅި މަނާ ކުރުން ފަސްކޮށްފައެވެ.
މުއިއްޒު ގެނައި މި ބަދަލު ތަކަކީ ތިމާވެއްޓާއި ގުޅިގެން ނުވަތަ ރައްޔިތުންތަކަކާއި ގުޅުން އޮތް ބަދަލެއް ނޫނެވެ. މި ބަދަލަކީ ވިޔަފާރީގެ ބަދަލެކެވެ. ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް އެންމެ ގިނައިން ވިއްކަނީ ރާއްޖޭގެ ފެން ކުންފުނިން އުފައްދާ ތާޒާ ފެނާއި ހެޕީ މާކެޓުން އުފައްދާ ލައިފް ފެނާއި މާލޭ އޭރޭޓެޑް ވޯޓަރ ކޮމްޕެނީ އިން އުފައްދާ ބޮނަކުއާ ފެނެވެ.
އެމްޑަބްލިޔުއެސްސީ އާއި ހެޕީ މަކެޓާއި މާލޭ އެރޭޓެޑް ވޯޓަރސް ކޮމްޕެނީން ބައި ލިޓަރާއި ދޮޅު ލީޓަރާއި ފަސް ލީޓަރުގެ ފެންފުޅިތައް ބާޒާރަށް ނެރެއެވެ. ވައްތަރަކުން ގާތްގަނޑަކަށް 30،000 އަށްވުރެ ގިނަ ފެންފުޅި ޕްލާސްޓިކް ފުޅީގައި ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރެއެވެ. ކުރިން ކަނޑައަޅާފައި އޮތްގޮތަށް ޕްލާސްޓިކް ފުޅިތައް މަނާ ކުރުމުން މި ވިޔަފާރިތަކަށް ބޮޑެތި ގެންލުންތައް ކުރިމަތި ވާނެއެވެ.
2017 ވަނަ އަހަރުން ފެށިގެން ލައިފްފެން އުފައްދާ މިންވަރު ޑިމާންޑާއި އެއްވަރަށް އިތުރު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އޭރުގެ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރ އަލީ އިހުސާނު ވަނީ ހާމަ ކުރައްވާފައެވެ. އަލީ އިހުސާނަކީ މުއިއްޒު ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ހެޕީ މާކެޓަކީ ބުނެވޭ ގޮތުންނަމަ ސަރުކާރުގެ މައި އެއް ފައިނޭންސަރެވެ. އަލީ އިހުސާން ފަދަ މީހުންގެ ޒާތީ މަސްލަހަތުގައި ބައިނަލްއަގުވާމީ ނިންމުންތަކާއި އިއުލާނު ކުރުންތައް ވެރިކަމުގެ ފަރާތުން ބަދަލު ގެނައުމުގެ ނުރައްކާތެރިކަން ވާނީ ބޮޑެތި ކަންކަމަށެވެ.
ހެޕީ މާކެޓުގެ ބާރު އޮންނަ ސަރުކާރަކަށް ވުމުން ހެޕީ މާކެޓު ރުއްސުމަށާއި އަލީ އިހުސާނު ކޮންޓްރޯލްގައި ގެންގުޅުމަށް ސަރުކާރުން އެންމެ ފުރަތަމަވެސް ކުރި ކަމަކީ 2023 ޑިސެމްބަރ ގައި އަމަލު ކުރަން ނިންމާފައިވާ ނިންމުން ބަދަލު ކުރުމެވެ. އަދި އަލަށް އެކުލަވާލި އޮނިގަނޑުން ތިމާވެށީގެ މިކަމަށް އަމަލު ކުރުން ވަނީ 2027 އަހަރާއި 2028 ވަނަ އަހަރަށް ބަދަލު ކޮށްފައެވެ.
އަމީނީ މަގުގައި ހުރި ހެޕީ މާކެޓް މައި އޮފީސް ހުރި އިމާރާތް ދައުލަތުގެ ބޭނުމަށް ނަގަން އޭރުގެ މޭޔަރު (މިއަދުގެ ރައީސް) ޑރ މުއިއްޒު ހިމެނޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށްވެއެވެ. ނަމަވެސް އެކަންވެސް ނުވާކަމަކަށް ވަނީ ހަދާފައެވެ. މިފަދަ ކަންކަމުން އެނގިގެން ދަނީ ސިޔާސީ ބޭނުންތައް ހާސިލު ކުރުމަށް ކޮންމެ ކަމެއްވެސް ވެރީން ކޮށްފާނެކަމެވެ. އަދި ތަނަވަސްކަން އިތުރުވާ ވަރަކަށް ބޮޑެތި ކުންފުނިތައް ދަހިވެތިވެ ގޮތް ހުސްވާނެ ކަމެވެ.
މަހަކު 50 މިލިއަން ރުފިޔާގެ ހެޕީ ވާވަރުގެ ފައިދާއެއް ދެމެހެއްޓުނީ މުއިއްޒު ސަރުކާރުގެ ސަބަބުންނެވެ. އަލީ އިހުސާނަށް ހެޕީ މާކެޓުން އަބަދުގެ އަބަދަށް ޝުކުރު ވެރިވާނެއެވެ. ރައްޔިތުންނަށް ކޮޅުދާއްޔެވެ. ވެރިންނަށް ރަން އިލޮށީން ކަދުރެވެ.


