މުއިއްޒުގެ ސިޔާސީ ގިނަ ބައިވެރިން ތިބީ ވެރިކަމަށް ފެންބޮވާފާ!

މުއިއްޒުގެ ސިޔާސީ ގިނަ ބައިވެރިން ތިބީ ވެރިކަމަށް ފެންބޮވާފާ!

ރައީސް މުއިއްޒެވެ. ނަޒާހަތްތެރިކަން އެތުރެންވާނީ މަތިން ތިރިއަށެވެ. މުއިއްޒުގެ ނެތް ނަޒާހަތްތެރިކަމެއް ދަށުން މަސައްކަތް ކުރާ މީހުންގެ ނުހުންނާނެއެވެ. އައްޔާޝީކަން ދައްކާ ސިއްރު ކުރަން އުޅޭނަމަ ދަށުގައި އުޅޭ މީހުން މާ ކުޅަދާނަ ވާނެއެވެ. މުއިއްޒާއެކުގައި މިއަދުވެސް ސިޔާސީ މަސައްކަތްކޮށްދޭން ތިބި ގިނަ މީހުންނަނީ އިހުލާސްތެރިންނެއް ނޫނެވެ. ހަނދާން ނެތިއްޔާ ހަނދާން އައުކޮށްލާށެވެ.

އެކީގައި އިސްކޮށް މަސައްކަތް ކުރަންތިބި ގިނަ މީހުންނަކީ މުއިއްޒާ އެއްގޮތަށް ވެރިކަމުގެ ދަހިވެތިކަމުގައި ދަނޑިވަޅު ބަލައިލަ ބަލައިލާ ތިބި ބައެކެވެ. ރައީސް ޔާމީނުގެ އަރިހުގައިތިބެގެން ކަންކުރި ބީދައިން ކަންނުކުރާނެ ކަމަށް އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ. ރައީސް ޔާމީނު ޖަލަށް ވަޑައިގަތުމުގެ ކުރީން މިނިކާ ބާޒަކު ޕާޓީ ޖަހައިގަތަ ނުދޭން ވަސިއްޔަތް ކުރެއްވީ ކަމެއް ވެގެންނެވެ. 

ޕީޕީއެމް-ޕީއެންސީ ތެރޭގައި ވެރިކަމަށް ފެންބޮވާފައި ތިބި ކިތަންމެ ބަޔަކު ތިބިކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. ވެރިކަމަށް އައުމުގެ ހުވަފެން ނުދެކެނެ މީހެއްކަމަށް އެންމެ ބޮޑަށް ގަބޫލުކުރެއްވުނީ އަބްދުއްރަހީމް (އަދުރޭ)އެވެ. އަދުރޭގެ ކެންޑިޑޭޓަކީ އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ. ރައީސް ޔާމީނު ނެތްތަނެއްގައި ރައީސް ޔާމީނުގެ ވަލީއާ ހަވާލުކުރަން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު މީހަކީ އަދުރޭ ކަމަށް ނިންމަވާ ދެޕާޓީ ހިންގަން ހަވާލު ކުރެއްވީ އިތުބާރު ކުރައްވާފައެވެ. 

2019 އިން ފެށިގެން 2021 ޖެހެންދެން އަބުދުއްރަހީމާއި މުއިއްޒަކީ މާގާތްކަމެއް އޮންނަ ބައެއްނޫނެވެ. އަދުރޭގެ ކެންޑިދޭޓަކީ ހަމަ ރައީސް ޔާމީނެވެ. ގައްސާން މައުމޫނަކީ ނައިފަރު ޝިޔާމާއި ބާރަށު ޝުޖާގެ އޭރުގެ ރިޔާސީ ކެނޑިޑޭޓެވެ. އެދުވަސްވަރު އަދުރޭ މީހުންގެ ގާތުގައި ގައްސާނަށް މުހާތަބުކޮށް އުޅެނީ “ޅަ ގޮޅާ” ގެ ނަމުންނެވެ. އެހެން އެކަން އޮއްވާ 2020 ވަނަ އަހަރުގެ ވަކި ހިސާބަކުން ބާރަށު ޝުޖާއާއި ޝިޔާމު ވެގެން އަބުދުއްރަހީމު ހައްދާލާ ދައްކަން އޮތް ލޯނެއްގެ ފައިސާ ދައްކާދިން ފަހުން ގައްސާނުގެ ޓީމާއި ގުޅުނެވެ. 

ނަމަވެސް 2021 ވަނަ އަހަރު މޭޔަރ އިންތިހާބާއި ހިސާބުން ގައްސާނު ދޫކޮށް މުއިއްޒާއި ގާތްވިއެވެ. ދެޕާޓީގެ ތެރޭގައި ގައްސާނުގެ އޮތް ވެރިކަމުގެ ޝައުގުގެ ވާހަކަދައްކާ ގައްސާނާއި މެދު އޮތް އިތުބާރު ގެއްލުވާލިއެވެ. ކަރުކެހޭ އަދި ތޮށަލި ކަށިމަތިފަދަ ކުޑައިމީސް ކުރާ މަލާމާތުގެ ބަސްތައް ޝުޖާއަށް ރައްދުކުރިއެވެ. ކޮންމެއަކަސް ގައްސާނުގެ ޝައުގު އަމިއްލަ ނަފުސުގެ ތެރޭގައި ހިފަހައްޓާލާ ހަމަބިމަށް ތިރިވެލީއެވެ. 

މާލެސިޓީ މޭޔަރ ކެންޕޭނުގެ ތެރޭގައި މުއިއްޒުގެ މަކަރުވެރި މަޅީގައި އަދުރޭ ޖައްސާ ރައީސް ޔާމީނަށް އޮތް އަދުރޭގެ ވަފާތެރިކަމަށް ލޮޅުން އަރުވާލީ މުއިއްޒުގެ ހީލަތްތެރި ދަލުގައި ޖައްސައިގެންނެވެ. އިބިލީހަށް ނުހެއްލޭ މީހާވެސް އާދަމުގެ ދަރީންގެ ހީލަތުގެ ދަލުގައި ޖެހޭކަމަށް ބުނެއުޅޭ ނޫން ހެއްޔެވެ.

ދައުލަތް ހުސްވަނީއެވެ. ޑޮލަރެއްގެ އަގު 20.25 ރުފިޔާއަށް ވެއްޖެއެވެ. ސައީދު ހެދި ދޮގުމަތީ ހުރެވެނީ އޭނާގެ ސާހިބާވެސް ދޮގު ހަދާތީއެވެ. ދުނިޔޭގެ އެކި ގައުމުތައް އަތްފުނާ އަޅާއިގެން ސިހުރުވެރިން ގެނަޔަސް ދެން ފަސޭހައެއް ނުވާނެއެވެ. ރައްޔިތުންގެ ހައްގުގައި އެހެން ވިސްނުމެއް އިސްކުރައްވަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މުއީޒުގެ ނުކުޅެދުންތެރިކަން ފޮރުވަން މީހުންތައް ވަޒީފާއިން ވަކި ކޮށްގެން ނުނިމެއެވެ. ގާތުގައި ހުއްޓާ ދޮންކަޅުވެސް ނޭގޭނެ ގޮތަށް ބަލިކޮށް އެކަހެރި ކުރާ ދުވަސް ދާދި ގާތްވެއްޖެއެވެ.