ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 27

ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 27

ދުވަހުގެ ދުއާ:

 رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا-الفرقان 74

އަޅަމެންގެ ރައްބު! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!

ދުވަހުގެ ނަސޭހަތް:

އަނބި ދަރިންގެ ހައްގުތަކަށް ރައްކާތެރިވުމަކީ ތިބާއަށް ދެ ދުނިޔޭގެ ބާްއްޖަވެރިކަން ލިބޭނެ ކަމެކެވެ.

ދުވަހުގެ ހިކުމަތުގެ ބަސް:

އަނބި ދަރިންނަކީ މާތް ﷲ ދެއްވާ ނިއުމަތެކެވެ.

ނަމާދު ގަޑިތައް:

*އިރު އެރީ:   06:10

ފަތިސް:     04:59

މެންދުރު:    12:19

އަސުރު:    15:25 

މަގުރިބު:    18:19

އިޝާާ:     19:31