ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 21
ދުވަހުގެ ދުއާ:
إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللهِ – يوسف 86
ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ.
ދުވަހުގެ ނަސޭހަތް:
ހައްގުތައް އަދާކުރުމުން ގުޅުންތައް ވަރުގަދަވެއެވެ. އަދި މުޖުތަމައުގައި އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވެއެވެ. އަދި މުޖުތަމައުގެ ބިނާތައް އެއްބައިވަންތަވެއެވެ.
ދުވަހުގެ ހިކުމަތުގެ ބަސް:
ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އޭނާއަށް ބާރުފޯރުވޭހާ ހިނދަކު، ތިމާއަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ.
ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ
* އިރުއެރީ: 06:13
ފަތިސް: 05:01
މެންދުރު: 12:20
އަސުރު: 15:30
މަގުރިބު: 18:20
އިޝާ: 19:32




