ސަރުކާރުގެ މުޅި ވިސްނުމަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން
2023 ވަނަ އަހަރު ގާއިމްވި ސަރުކާރުގެ މުޅި ވިސްނުމަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދުވެސް ވިދާޅުވެއެވެ.
ޝާހިދު ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒު ކުރައްވާ ކަމަކީ މަރުކަޒުކުރުމާއި ރައްޔިތުން އަތުން ހުރިހާ ކަމެއްގެ ބާރުތައް އަތުލައިގަތުމެވެ.
އަރާވަޑައިނެވި ކޮންމެ ރަށެއްގައި ވެވަޑައިގަތް ވަޢުދުތައް ބޮޑު ފޮތެއްގައި ޗާޕުކުރައްވައި ނެރުއްވި ކަމަށާއި އެފޮތް ރާއްޖޭގެ ތާރީހުގައި ވެގެންދާނީ ލަދުވެތި ފޮތަކަށް ކަމުގައި އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ނުދީ ވައުދުތައް ނުފުއްދޭނޭ ކަމަށް މުއިއްޒު ވިދާޅުވެގެން ރައްޔިތުން މަޖިލިސް ސަރުކާރަށް ދިނީ ތިން ބައިކުޅަ ދެބައަށް ވުރެވެސް ބޮޑު އަގުލަބިއްޔަތާއެކީގައި ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.
2 އަހަރާއި ބައިވެގެން ދެބައި ކަނޑަށް ދުވެފައި މިއޮތް ނަމަވެސް ފުއްދުނު ވަޢުދެއް ކުރެވުނު ކަމެއްނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ވިދާޅުވަނީ ރައީސް ޑރ.މުއިއްޒަށް ބިންގަލެއް އެޅުން ނޫން އެއްވެސް ކަމެއް ނެތްކަމަށެވެ.




