ބިޑިއަކަށް އަނދަގޮޑިއަކަށް ބިރެއް ނުގަންނާނެ: ފައްޔާޒު

ބިޑިއަކަށް އަނދަގޮޑިއަކަށް ބިރެއް ނުގަންނާނެ: ފައްޔާޒު

ހުދުމުހުތާރުކަން ބޮޑު މުއިއްޒު މުޅިގައުމު ލޫޓުވާލާތަން ބަލަން ތިބެވޭކަށް ނެތެވެ. ފަސްއަހަރަށް މުއިއޒު ވެރިކަމަށް އިސްކޮށްފައި ހުރުމަކީ ގައުމު ލޫޓުވާލުމަށް ދީފައިވާ ލައިސަންސެއް ނޫނެވެ. 

މުއިއްޒު އިސްވެހުރެ ގައުމު ލޫޓުވާލާ ލޫޓުވުން ހުއްޓުވުމަށް އަޅުވަފާނެ ބިޑިއަކަށް ބިރުގަތުމެއް ނެތެވެ. ބެއިންދުމަށް ފޭއްސަފާނެ އުލަކަށް ބެލުމެއްނެތެވެ. ޖަހާފާނެ ޗޭނަކަށް ލާފާނެ ކުޑަ ގޮޅިއަކަށް ބެލުމެއް ނެތެވެ. 

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލު ވިދާޅުވަނީ ބިޑި އަކަށް އަނދަގޮޑިއަކަށް ބިރުގަންނާނެ މީހުން މި އެމް.ޑީ.ޕީގައި ނުތިބޭނެކަމަށެވެ. މުއިއްޒުގެ ގަހުރަމާނު ޝިއުނާ ކުރި އެކްސް ޕޯޓަކަށް ޖަވާބު ދެއްވުމުގެ ގޮތުން ފައްޔާޒު ކުރެއްވި ޕޯސްޓްގައި މިހާރުގެ ސަރުކާރަށް ނިސްބަތްކުރައްވާ ވިދާޅުވަނީ " ތިޔަ ކަންކަން (ބިޑިއެޅުމާއި ޖަލައްލުމާއި އަނިޔާ) ކުރެއްވުމުގެ ބާރައި އާރު ހުރި ވަގުތު އަވަހަށް ކުރައްވާ"ށެވެ. ގައުމު ލޫޓުވުން ހުއްޓުވުމުގެ ވަގުތު ޖެހެނީ ކަމަށް ފައްޔަ ވިދާޅުވިއެވެ.

ގައުމު ލޫޓުވާލަމުން އެހެންމީހުން ނިޒާމުގެ ތެރޭގައި ހަމައިގާ ތިބުމަށް ސަރުކާރުގެ އައުވާނުން އަޅުވާ ހަމައެއް އެންމެނަކު ބަލައެއް ނުގަންނާނެއެވެ. ކަނޑައެޅިގެން ގާނޫނު ތަކާއި ގަވައިދުތަކާ ހިލާފުވަމުން ތިމާމެންގެ ގަޔަށް ހެޔޮވަރަށް ގާނޫނުތައް ކޮށާ މަށަމުންދާ ސަރުކާރަކަށް ކުރުނީސްކުރަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. ގާނޫނާއި ގަވައިދަކީ ވަކިބަޔަކު ދައުލަތް ލޫޓްވާލާ އެކަންކަމުން ރެކެން އޮތް އައްޑާނައަކަށް ހަދައިގެން ތިބޭކަށް ޖާގަ ދެވޭކަށް ނެތެވެ. 

ލޫޓުވާނުލާ ވަކިކަމެއް ވަކިތަނެއް ވަކިމީހެއް ނެތެވެ. ހަލާލު ހުއްދަ މަސައްކަތެއް ކޮށްގެން ދިރިއުޅޭ މީހާވެސް ހުރީ ލުޓޭރުންގެ ވަކިތަކުގެ ދަށުވެ ލޫޓުވާލެވިފައެވެ. ސަރުކާރުން ޓެކްހުގެ ނަމުގައި ޓަކައިގެން ފައިސާ ނުހޯދާ ކަމެއް މީހެއް ނެތެވެ. މިސާލަކަށް ކަރަންޓާއި ފެންނަކީ ރައްޔިތުން ބްލެކްމެލް ކޮށްގެން ފައިސާ ލޫޓުވަން އޮންނަ ދެ މަގެވެ.

މުއިއްޒުގެ ޖަލުން ހުރިހާ ދިވެހިން ސަލާމަތްވުމަށް ހަށިފޮޅާލާ ނިކުތުމަކީ ލާޒިމުކަމެކެވެ. އެކެއްގެ ހިތްވަރުން އަނެކަކު ހިއްވަރު ހޯދައިގެން ލޫޓުވުން ހުއްޓުވަން ނިކުތުން ނޫން އެހެން ގޮތެއް މިހާރަކު ނެތެވެ. އިބޫ ނޫން ގޮތެއް ހޯދުނު މޮޔައިގައި ހުމޭނުން ތިބެވޭ ވަރަށް ލުޓޭރުންގެ ލޫޓުވުން މާ ބޮޑެވެ.