ގާފަރުފަޅުގާ ހިއްކަން ސޮއިކުރި 16 ރިސޯޓްގެ ހިލަންވެސްނެތް

ކ. ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ރަށެއް ހިއްކަން ނިންމާ ސޮއިކުރި ހަނދާން އެބަހުރި ހެއްޔެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާއާއެކު ސޮއިކުރި ފަހުން އަހަރުވީއެވެ.
ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރުމުގެ އިތުރަށް އިތުރު 40 ހެކްޓަރުގެ ބިން ވެސް ހިއްކަން އެއްބަސްވެ ސޮއިކުރީ 08 މެއި 2024 ގައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން 106.91 ހެކްޓަރުގެ ބިން ހިއްކަން އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.
ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީ އަށް ހަވާލުކޮށްފައިވާ ފަޅެކެވެ. އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން، ވިއްކާ ގޮތަށް ފަރުމާ ކޮށްފައިވާ ކަމަށް ބުނާ މަޝްރޫއު ހިނގަން ސޮއިކުރިތާ އަހަރެއްވެގެން ދިޔައިރުވެސް ހަބަރެއް ހިލަމެއްނެތެވެ.
ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރުމަށް ވެލިމުށެއްވެސް އަދިއެއް ނާޅައެވެ. މުއިއްޒުގެ ހުވަފެނީ އެހެން މަޝްރޫއު ތަކެކޭ ގާފަރުގައި ތަރައްގީ ކުރަންބުނި 16 ރަށެކޭ އެއްވެސް ތަފާތެއް ނެތެވެ. ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރުމު
މުއިއްޒު ހިންގާ ސްކޭމްތަކުގެ ތެރެއިން ގާފަރުފަޅުގައި 14 ޕްރައިވެޓް އައިލެންޑާއި ދެ ލަގްޒަރީ ރިސޯޓު ތަރައްގީކުރުމުގެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ފާހަގަކޮށް ނުލާ ދޫކޮށްލަންވާ ވަރުގެ ކަމެއްނޫނެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ދިވެހި ޕާޓީން މިހާތަނަށް އެކަމުގައި ކުރީ ކީއްހެއްޔެވެ.