އަތްޖޯޑުކޮށް ސަލާންކުރުމުގައި ސާޖިދާއަކީ ވަކި މަޒުހަބެއް!

އަތްޖޯޑުކޮށް ސަލާންކުރުމުގައި ސާޖިދާއަކީ ވަކި މަޒުހަބެއް!

ކޮންމެ ގައުމެއްގައިވެސް އެއްވަނަ އަންހެނާ ނުވަތަ މަހާރެހެންދިއަކީ ނަމޫނާ ކަނބަލެއްގެ ގޮތުގައި ދެކެއެވެ. ފަސްޓްލޭޑީގެ އުޅުމާއި ގުޅުންތައް ބަލާ ކޮޕީކުރާ މީހުން އުޅެއެވެ. ހަމަ އެފަދައިން ފާރަލާ ގޮތްފާޑު ކިޔާ މީހުން މަދެއް ނޫނެވެ. ފަސްޓް ލޭޑީއަށްވުމުން ކުރިން ކިތަންމެ އަބުއިކޮށް އުޅުނަސް މީހުންގެ ދޫތަކާއި ލޯތަކުން ސަލާމަތެއް ނުވެވެއެވެ. 

ދިވެހި ވެރިކަމުގެ ދާންމަތިކޮޅުގައި މިހާރު ތިބި ޖޯޑަކީ މަޝްހޫރު ދެ ޝޭހުންގެ ދަރިންނަށް ވީތީ ދިވެހީން ދުށީ މިހާރަށްވުރެ ވަކީން ދީންވެރި ދީނަށް ނަސްރުދޭނޭ ވެރިކަމެއް ދިވެހިންނަށް ނުފެންނާނެ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. ދިވެހީންގެ ރާއްޖޭގެ މިހާރުގެ ފަސްޓް ލޭޑީއަކީ ފަހުގެ ތާރީހުގައި ރާއްޖެދުށް އެންމެ ބޮޑު ޖަނާބުގެ ދަރި ކަނބަލެކެވެ. އަނެއްކޮޅުން އެކަމަނާއަކީ ސަލަފީންގެ އިސްވެރިޔާގެ އުހުތެކެވެ. އެހެން ކަމުން އެކަމަނާގެ ފުށުން ސަލަފީންގެ ފިކުރާ ނުކިއްސަރު ކަމެއް ފެނިދާނެކަމަށް ކުރިއަކުން މީހުން ގަބޫލެއް ނުކުރެއެވެ. 

މަޖަލަކަށްވެސް ލަވަކިޔުމާއި އަންހެނުންނާ ފިރިހެނުން އަތާއަތްޖޯޑުކޮށް ސަލާންކޮށް އުޅުމަކީ މުސްލިމުން ކުރަން ހެޔޮނުވާވަރުގެ ކަންކަން ކަމަށް ދީނީ ގޮތުން ދެކޭ އެތައްބަޔަކު އުޅެއެވެ. ހާއްސަކޮށް ސަލަފީންގެ ތެރޭގައި އެގަބޫލުކުރުން ވަކީން ބޮޑެވެ. ހިޖާބުވުމާއި ލަވަކިޔުމާއި ދެޖިންސްގެ މީހުން އަތާ އަތްޖޯޑުކޮށް ސަލާންކޮށް އުޅުމުގެ ހިލާފީ ބަހުސަށް ދިޔުމަކީ މިލިޔުމުގެ މަގުސަދު ނޫންކަމުން އެވާހަކަ ދައްކާކަށް ނެތީމެވެ. 

އަންހެނުން ހިލޭ ފިރިހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމް ކުރުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް ސަލަފީންގެ ގިނަ ބަޔަކު ދެކެއެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އެއްގޮތަކަށްވެސް އެއްޔަކީ ހުއްދަ ކަމެއް ނޫނެވެ. އެވަރުގެ ކަމެއް މެޑަމް ސާޖިދާގެ ފުށުން އެކިފަހަރު އެކި ގޮތަށް ފެނުމަކީ ދިވެހިން އުންމީދު ކުރިކަމެއް ނޫނެވެ. 

އިސްލާމީ ދިވެހީންގެ ރާއްޖޭގެ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ސަލާން ކުރުމުގައި އަމަލުކުރާ ގޮތުން މުނާފިގުކަމާއި ދީނަށް އިހުތިރާމް ކުރުން ނެތްވަރު ފެނިގެންދެއެވެ. ކިތަންމެ ބޮޑު ޝޭހެއްގެ ދަރިއަކަސް އިސްލާމީ ކާޑު ކުޅެނީ ސިޔާސީ ބާރުވެރި ކަމަށްޓަކާކަން މާރަނގަޅަށް ވެސް ސާފުވެގެން ދެއެވެ. ބާބުލްއަވާލީ ބޮޑު ޝޭހުގެ އަންހެން ދަރި ސާޖިދާ މުހައްމަދުގެ ސަލާންކުރުންގަނޑު ގެންގުޅެނީ އިސްލާމީ ކޮން މަޒުހިބަކަށް ބާއޭ ހިތައް އަރައެވެ. މެޑަމް ސާޖިދާގެ ސަލާން ކުރުން އެއަކަށްނުވެއެވެ. މިއަކަށް ނުވެއެވެ. އެއްބައިފަހަރަށް މަރުހަބާ ކިޔަން ފަތި ހަދާފައި ތިބޭ އެންމެންނާ ސަލާކުރެއެވެ. އަނެއްބައިފަހަރަށް ސަފުގައި ތިބޭ އެއްވެސް ފިރިހެނަކާ ސަމާމެއް ނުކުރެއެވެ.