އިދިކޮޅުން އެޗްއާރުސީއެމްގެ މުއައްޒަފުން ރަހީނުކޮށްފި

ހިއުމަންރައިޓްސް ކޮމިޝަނަށް ވަދެފައިވަނީ އެޕޮއިންޓްމަންޓްގެ ދޮޅުގަޑިއިރު ފަހުން

އިދިކޮޅުން އެޗްއާރުސީއެމްގެ މުއައްޒަފުން ރަހީނުކޮށްފި

އެޕޮއިންޓްމެންޓެއް ހަމަޖެއްސުމަށް ފަހު އެޕޮއިންޓްގެ ގަޑިއަށްވުރެ މާފަހުން އެޕޮއިންޓްމަންޓްގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ވަދެ އެތާނގެ މުއައްޒަފުން އިދިކޮޅު ކޯލިޝަނުން ރަހީނުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން ސިޓީއަކުން އިއްޔެ އެދިފައިވާތީ ކޮމިޝަންގެ މެންބަރުންގެ ވަގުތުތައް ހުރިގޮތަށް ބަލައި މިއަދު ހެނދުނު 11:15 އަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިނެވެ. އިދިކޮޅު ކޯލިޝަނުން އެ ބައްދަލުވުމުގެ ނަމުގައި ހިއުމަންރައިޓްސް ކޮމިޝަނަށް ވަދެފައިވަނީ އޭގެ ދޮޅުގަޑިއިރު ފަހުންނެވެ.

ރަހީނުގެ އެ އަމަލު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހިންގާފައި ވަނީ މިއަދުގެ ބައްދަލުވުމަށް ގަޑިޖެހިގެން އެތައް އިރެއް ވީއިރު ވެސް އެމީހުން އައިސްފައި ނުވާތީ އެ ވާހަކަ އެޗްއާރުސީއެމް އިން  އެ ފަރާތަށް އެންގުމަށް ފަހު ޖޫން 15، 2023 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ބައްދަލުވުން ހަމަޖައްސައި އެކަން އެ ކޯލިޝަނަށް ސިޓީއަކުން އަންގާފައި ވަނިކޮށެވެ.

އިދިކޮޅު ކޯލިޝަނުން އެޗްއާރުސީއެމްގެ އޮފީހުގެ ތެރޭގައި އަޑުގަދަކޮށް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވަނީ އަމަލު ކޮށްފައެވެ. އެޕޮއިންޓްމެންޓެއް ހޯދައިގެން އެޗްއާރުސީއެމްގެ މެންބަރުންނާ ބައްދަލު ކުރުމުގެ ނަމުގައި ދިޔަ މީހުން ރަސްމީ ގަނޑި ނިމުނު އިރުވެސް އެތަނުން ބޭރަށް ނުނިކުމެ އެތައް ހިސޯރު ކޮށްގެން ތިބުމުން ހިއުމަންރައިޓްސް ކަމިޝަންގެ އޮފީސް ބަންދު ނުކުރެވި މުވައްޒަފުންނަށް ގެއަށް ނުދެވިފައި އެތައް އިރަކު ތިބެން ޖެހުނެވެ. 

ރަހީނު ކުރުމުގެ މި އަމަލު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ހިންގީ އެޕޮއިންޓްމެންޓްގެ ގަނޑިއަށް މިއަދު އެ މީހުނަށް ހާޒިރު ނުވެވުމުން  ޖޫން 15 ވަނަ ދުވަހުގެ ހެދުނު 9.00 އަށް ސިޓީއަކުން އަންގާ އެޕޮއިންޓްމެންޓް ދީފައިވަނިކޮށެވެ. 

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ޢަމަލުކޮށްފައިވާ ގޮތް ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. އެކަން ހިނގާދިޔަ ގޮތް އެ ކޮމިޝަނުން ބަޔާނެއް ނެރެ ވަނީ ހާމަ ކޮށްދީފައެވެ.