މަޖިލީހުގެ ރިޔާސަތުން ގަވާއިދަށް އަމަލެއް ނުކުރޭ: އެމްޑީޕީ

މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ގޮތެއް އިދާރާއިން ހަމަޖައްސާ ދޭންޖެހޭ

މަޖިލީހުގެ ރިޔާސަތުން ގަވާއިދަށް އަމަލެއް ނުކުރޭ: އެމްޑީޕީ

މުހިއްމު މަސައްކަތްތަކެއް ހުށަހެޅިފައި ވަނިކޮށް މަޖިލިސް ހަލަބޮލިކޮށް، މަޖިލިސް ހުއްޓުމަކަށް ގެންނަން ފުރުސަތު ދިނީ މަޖިލީހުގެ ރިޔާސަތުން ކަމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.

އިދިކޮޅުން ހުރަސް އެޅުމުން މިއަދު މަޖިލީހުގެ ޖަލްސާ ހުއްޓާލަން ޖެހުމާއި ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީން އެހެން ބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުމުގެ ކަންބޮޑުވން ފާޅުކުރި ކުރުމުގައެވެ. މަޖިލީޙުގެ ޖަލްސާ ހަލަބޮލިކޮށް، ޖަލްސާ ހުއްޓުވަން ފުރުސަތު ދެއްވީ މަޖިލީޙުގެ ރިޔާސަތުން ކަމަށް އެމްޑީޕީން ވެސް ވެސް ތުހުމަތުކުރެއެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް މަޖިލީހުގެ މަސައްކަތްތައް ފެށޭނެ ގޮތެއް މަޖިލީހުގެ އިދާރާއިން ހަމަޖައްސާ ދިނުމަށް އެމްޑީޕީން ބަޔާނުގައި އެދިފައިވެއެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދު ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލާފައިވަނީ މަޖިލީހުގެ ގަވާއިދަށް އަމަލު ކުރެއްވުމެއް ނެތިކަމަށާއި މިއަދުގެ ޖަލްސާ ވެސް ހުއްޓުމަކަށް ގެނައީ އެ ޖަލްސާއަށް ރައްޔިތުންނާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ހުށަހެޅިފައި ވަނިކޮށް ކަމަށް އެމްޑީޕީން ފާހަގަ ކުރެއެވެ.