ދޮގުހަދަހަދާ ތިއްބާ ރައްޔިތުން ހޮވީ އެމްޑީޕީގެ ޢާޒިމް
މުއިއްޒު ދެއްކެވި ވާހަކަ ތަކަށް ރައްޔިތުންގެ އިތުބާރެއް ރުހުމެއް ނެތް
ރިޔާސީ އިންތިޚާބުން މޮޅުވާން ރޯމާ ދުވާލު ހެދި ދޮގުތަކާލާ މާލޭގެ މޭޔަރ އިންތިޚާބުން މުޢިއްޒު ސަރުކާރު ބޮކި ޖަހާ އަޑިއަށް ދާން ފެށިކަން މި އެނގުނީ ވޯޓު ގުނީމައެވެ.
ރައީސް މުއިއްޒު ޗައިނާގައި ހުންނަވާ ވެސް ކޯޗް ބުނާ ގޮތަށް ނުފަރިތަ ކަމާއެކު ޕޯޒްވެ އަތާ އަތް ޖޯޑު ކުރައްވާ އިނގިލި ފުޅުތައް ދެއަތް ދެއަތަށް ހިމުން ކުރައްވަމުން ނިކަން ރައީސީ ގޮތަކަށް ރައްޔިތުންނަށް ނުސީދާ އިންޒާރު ދެއްވާ އެމްޑީޕީއަށް އެންޓިކެމްޕޭންގެ ވީޑިއޯއެއް ރިލީޒް ކުރެއްވިއެވެ. އެއީ ވޯޓުގެ އެއްދުވަސް ކުރިއެވެ.
ޗައިނާއިން މާލެ ވަޑައިގަތް އިރު މާލޭގެ މޭޔަރު ހޮވަން ވޯޓްލަމުން ދާތީ އެ ވަގުތު ކޮޅުވެސް ލައްކަ ކެމްޕޭން ކުރެއްވިއެވެ.
ރޯދައަންނަން 2 މަސް އޮއްވާ ކޮންމެ ގޭބިސީ އަކަށް 10 ކިލޯ ކާޑު ދޭނަމޭ ވިދާޅުވުމަކުން ވެސް މާލޭގެ ރައްޔިތުން ނުހެއްލި ބޯކޮށް ވޯޓް އަޅައިގެން މާލޭގެ މޭޔަރު ކަމަށް ހޮވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.
ކާޑާ ޕާން ކިލޯއިން ދީގެން ރައްޔިތުން ގިއްގަޅުވާފައި ވެރިން އުދުހި އުދުހި ތިބުމަކީ ކޮމިއުނިސްޓް ފަލްސަފާއެވެ. ޗައިނާއަކީ ކޮމިއުނިސްޓް ގައުމެއް ކަމާ 10 ކިލޯ ހަނޑުލޭ ވިދާޅުވީ ޗައިނާއިން ވަޑައިގެން ނުހިކޭ ދޮންވެލި ފަޔާ އެކު ހުންނަވާ ކަން ދިވެހިން ދަނެއެވެ.
ބައިނަލް އަގްވާމީ ޖިއޯޕޮލިކަލް ތަރުތީބާ ޑިޕްލޮމެޓިކް ކުޅި ހިނގާ މަގު އެނގި ވަޑައިނުގެން ސީދާ ބަހުންނާ ނުސީދާކޮށް އަވަށްޓެރި އިންޑިއާއަށް ބަހުގެ ހަމަލާ ތަކެއް ދެއްވާފައި އެނބުރިލި އިރު އަސްތާ ކަމަކު ދާކަށް ނެތެވެ. މުއިއްޒު ދެއްކެވި ވާހަކަ ތަކަށް ރައްޔިތުންގެ އިތުބާރެއް ރުހުމެއް ނެތްކަން ވޯޓުން ބުނެ އަންގައިފިއެވެ.
އަމުދުން މިހާރު ވާ އެއްގޮތަކީ ރައީސް މުއިއްޒު ކިތަންމެ ބޮޑު ތެދެއް ހެއްދެވިޔަސް އެއީ އިތުރުފުޅޭ ހީވާ ވަރަށް ރިޔާސީ އިންތިޚާބުގައި ދޮގު ވާހަކަ ދެއްކުނީ ކަމަށްވުން ގާތެވެ.