އަލީ އާރިފަށް: ގާސިމް ތިޔަ ހެދީ ހުތްފެލި ލުބޯހުތް ކިބަޔަކަށް
ދުރާލާ ރާވައިގެން ޖޭޕީ ހިސޯރު ކުރީ ޔާމީން
ޖުމްހޫރީ ޕާޓީ ހިސޯރުކޮށްގެން ނެތް މޮޅު ހޯދައިގެން ގަތްވަޅަށް އަލީ އާރިފު ދާން ތައްޔާރު ވެއްޖެއެވެ. 2019 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ޖުމްހޫރީގެ ސެކެރެޓަރީ ޖެނެރަލްކަން އަލީ އާރިފް ހޯދިއެވެ.
އަލީ އާރިފް ޖުމްހޫރީއާއި ގުޅި މުޅި ޕާޓީގެ އިދާރީ ހިންގުން ހިސޯރު ކުރީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ސިޔާސީ ފިކުރު ގަބޫލުކޮށްގެން ނޫނެވެ. އަލީ އާރިފް ޖުމްހޫރީއާ ގުޅުމުގެ ފަހަތުގައި ފޮރުވިފައިވާ ތިން ސަބަބެއް އޮތެވެ.
ރައީސް ޔާމީނު ސަރުކާރުގައި އަލީ އާރިފަކީ ޔާމީނުގެ އަރިސް މަޖިލިސް މެންބަރެކެވެ. ޔާމީނު ވެރިކަމުގައި ހިންގި ގިނަ ޖަރީމާ ތަކުގައި އަމަލީ ގޮތުން ބައިވެރިވި ބައިވެރިއެކެވެ. ޔާމީނުގެ ވެރިކަން ނިމި މަޖިލީހަށް އިންތިހާބު ނުވުމުން ސަރުކާރު ކޯލިޝަނުގެ އެންމެ ބާރުގަދަ އެއް ޕާޓްނަރ ގެ ހިމާޔަތް ހޯދީ ޝަރީއަތްތަކާ ތަހުގީގުތަކުން މިންޖުވުމުގެ ބޭނުމުގައެވެ.
ގާސިމް އިބްރާހިމްގެ ސިޔާސީ ބާރު ކަނޑުވާލާ މަގުމަތި ކޮށްލުމުގައި ޔާމީނުގެ އެޖެންޑާ ހިންގާ ދިނުމަކީ ވެސް އޭނާ ޖުމްހޫރީ ހިސޯރު ކުރި އެއްސަބަބެވެ. ޔާމީނުގެ އެތައް ބަޔަކު ކައުންސިލަށް ވައްދާ ޕާޓީގެ ކައުންސިލްގެ މެޖޯރިޓީ ގާސިމުގެ ވިސްނުމާ ދެކޮޅު ބަޔަކަށް ފުރޮޅާލި ނިކަން ހޭލާ ހުރެއެވެ.
ޔާމީނު ސަރުކާރު ވެއްޓުމުން ބޮޑު މުސާރަޔާ އިނާޔަތް ހޯދައިގެން ފުއްޕާފާ އުޅުމުގެ ފުރުސަތު ހޯދުމަކީ ވެސް ޖުމްހޫރީ ޕާޓީގެ އެސްޖީކަން އޭނާ ހޯދި އެއް ސަބަބެވެ. އިންތިހާބުގައި ހުތުރު ބައްޔަކުން ގާސިމް ބަލިކޮށްލާ ގާސިމްގައިގާ ކޮޅުފައިން ޖަހާ ރޭވިފަ އޮތް ގޮތައް ފެން އޮތް ތަނަށް މިހާރު ދެމިގަންނަނީއެވެ.
ސަރުކާރުތައް އުފެއްދުމަށް ޒަމާނުއްސުރެ ގާސިމަށް އޮތް ބާރު ކަނޑުވާލާ އަލީ އާރިފް އިސްވެހުރެ ޖޭޕީން ގެންގުޅުނު ކެހިވެރި ސިޔާސަތުންނެވެ. ޔާމީނުގެ ވެރިކަން ނިމުމުން ސަލާމާތްވާން ޖުމްހޫރީގެ ނިވަލަށް ވަނތް ބައިގަނޑު މުއިއްޒުގެ ފަހަތަށް އެ ކަހާލަނީއެވެ.
ޕީއެންސީ ކެންޑިޑޭޓް މުއިއްޒަކީ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް އަލީ އާރިފާއި ޖޭޕީގެ ނައިބު ލީޑަރު އިގުބާލު އާދަމުގެ ބޮޑުބޭބެގެ ދަރިފުޅެވެ. ޔާމީނަށް ވުރެވެސް ގާތް އަހެކެވެ.. މިވަރު މީހަކު ގާސިމަށް ކޮންމެ ފަދަ ކެއްސެއް ވެސް ދީފާނެއެވެ. އެއީ އަޖައިބެއް ނޫނެވެ.