ޔާމީނު ދެމި ގުއިރޯނުގައިޖެހި ނަޖިސްވީ މުއިއްޒު!
މާމަހު ކާޅެއްހެން އަނގަހުޅުވުނީމާ ޖެހޭނީ ރިހަވާން!
ދިވެހިރާއްޖެއަށް ބޮޑުވެގެންދިޔަ ކޮންމެ ހާލަތެއްގައި އެންމެ އެހީތެރިވެދިން ގައުމަކީ އަވައްޓެރި އިންޑިއާކަން މުއިއްޒަށް އެނގުނީ އަދިކިރިޔާއެވެ. އިންޑިއާ އާއި ރާއްޖެއަކީ އެތައް ގަރުނެއްގެ ގާތް ގުޅުމެއް އޮތް ދެ ގައުމު ކަން މުއިއްޒު ކުރިއަކުން ނުދެނެހުއްޓެވެ. ރާއްޖެއިން އެހީތެރިކަމަށް ބޭނުންވި ކޮންމެ ހާލަތެއްގައި ވެސް އެންމެ އެހީތެރިވެދިނީ އިންޑިއާކަން މުއިއްޒަށް އެނގުނީ ދުނިޔޭގެ ހަތަރު ބިތުގައި ޖެއްސި ތަށަށް ކިޔަނީ މަރިޔަބުހޭ ވެސް އެހެން ބަޔަކު އަހާނުލީމައެވެ.
ވެރިކަން ހޯދުމުގެ ދަހިވެތި ކަމުގައި ޔާމީނު ދެމި ގުއިރޯނުގައި ޖެހި އިންޑިއާ އައުޓް ކުރަން އޮށްދާ ކަނޑާފައި އުޅުނުއިރު އިންޑިއަކީ ރާއްޖެއަށް ކިހާ މުހިންމު ބައެއްކަމެއް މި މަރުމޯލުންނަކަށް ނޭގުނެވެ. ކިހާ ތާހިރު ވެއްޖެހެއްޔެވެ. އިންޑިއާއިން ބުނިހާ ކަމަކަށް އެެއްބަސްވެ ދިއްކޮށްލިހާ އެއްޗެއްގައި ސޮއި އަޅާފައި އައިސް މާ މޮޅުވާހަކަ ތަކެއް ދައްކާނެ ކަމެއްނެތެވެ.
އިންޑިއާ ކުރިމަތީގައި ބޯ ގުދު ނުކުރާނަމޭ ބުނެ އެޅިހާ ބަތަކަށް ރިހަވެގެން އައިސް އެހެން މީހުން މާނަ އޮޅުވާލަނީއޭ ކިޔަން ނުހަދާށެވެ. ކުލީ ގަލަންތަކާއި ބޮޑެތި މުސާރަވެރިން ހޭބޯނާރާ ކުރެވުނު ކަންތައް މޮޅުވެ ހަލާލުކުރަން ކޮންމެ އެއްޗެކޭ ކިޔަސް ހަގީގަތަކީއެއީ އެއްނޫނެވެ. މުއިއްޒު ގެންގޮސް ގޯނި އަންދަވާފައި ކަރުގައި ނާށި ގިލަފައްޗެއް އަޅުވާފައި ދޫކޮށްލުން ނޫން ގޮތަކަށް މުއިއްޒުގެ އިންޑިއާ ދަތުރު ސިފައެއް ނުވެއެވެ. ގޮތް ހުސްވެ މާ މަހު ކާޅެއްހެން އަނގަ ހުޅުވުނީމާ ޖެހޭނީ އެޅިހާ ބަތަކަށް ރިހަވާށެވެ.
"އަޅުގަނޑުމެންނަށް ބޮޑުވެގެން ދިޔަ ކޮންމެ ހާލަތެއްގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ފުރަތަމަ އިސްކަން ދިން އެއް ގައުމަކަށް ވާނީ އަދި ބައެއް ފަހަރު އެންމެ ފުރަތަމަ އިސްކަން ދިން ގައުމަކަށް ވެސް ވަނީ އިންޑިއާ. މިއީ ހަގީގަތް," ކަމަށް ބުނަން މުއިއްޒު ލަދުނުގަތް ކަމެވެ. މުޅި ދުނިޔެ އެތިބީ މުއިއްޒުގެ ބޯގަޅި ކަމާމެދު ހީހީފާ މަލާމާތް ކުރާށެވެ. މުއިއްޒަކީ އުސޫލެއް ހަމައެއް ސިޔާސަތެއް އޮތް މީހެއް ނޫންކަން މުޅި ދުނިޔެ ގަބޫލު ކުރެއެވެ.
އަނެއްކާ މުއިއްޒުގެ ހާރިޖީ ސިޔާސަތު ބަދަލުވެގެން ބަޔަކު ހައިރާން ވާނީ ސިޔާސަތެއް އޮތްނަމަތާއެވެ. މަގުމަތީގައި އުޅޭ ހަކުރުބޯ ކުއްޖެކޭ މުއިއްޒެކޭ ތަފާތެއް ނެތެވެ. ލާރިއެއް ދޭނަމޭ މީހަކު ބުނެފިނަމަ އެހޯދަން ނުކުރާނެ އެއްކަމެއްވެސް މުއިއްޒު ނުއޮންނާނެއެވެ. އެހާވަރުގެ ގޮތެއް ފޮތެއް ނެތް މީހަކަށް ރައްކާތެރި ކުރެވޭނެ ސިޔާދަތެއް ހިފެހެއްޓޭނެ މިނިވަންކަމެއް ނުއޮންނާނެއެވެ.