މައްސަލަ ހައްލުނުވެ ޓޫރިޒަމަށް ގެއްލުން ވެދާނެ: ޝާހިދު

ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާ ގަބޫލުނުކުރުމުގެ ކަންބޮޑުވުން

މައްސަލަ ހައްލުނުވެ ޓޫރިޒަމަށް ގެއްލުން ވެދާނެ: ޝާހިދު

ބޭރު ފައިސާއާއިބެހޭ ގަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއިބެހޭ ގަވާއިދަށް ގެނައި ބަދަލުތައް ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ގެނައުމުގެ ކަންބޮޑުވުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ފާޅުކުރައްވައިފިއެވެ. 

ކުރީގެ ފޮރިން މިނިސްޓަރ އަބްދުއްލާ ޝާހިދު ވިދާޅުވާގޮތުގައި މިކަމުގެ ސީދާ އަސަރު ކުރާނީ ރާއްޖޭގެ އެންމެބޮޑު ސިނާޢަތު ކަމުގައިވާ ފަތުރުވެރިކަމަށެވެ. އެހެން ކަމަށް ވާއިރު، ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި އަދި ލިވަބޯޑުގެ މަޝްވަރާ ހޯދާ އަދި އެފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ރިޢާޔަތް ކުރުމަކީ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޭރުފައިސާ ލިބުމުގައި ދިމާވެފައިވާ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެންމެ ބޮޑު ސިނާއަތަށް ގެއްލުމެއް ލިބުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި މުޅި އިގްތިސޯދަށް އިތުރު ގެއްލުން ލިބިދާނެކަމެެއް ކަމަށް އދ މަޖިލީހުގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރު ޝާހިދު ވިދާޅުވިއެވެ. 

އޮނަރަބަލް އަބްދުއްލާ ޝާހިދު ފަދަ ބޭބޭފުޅުން ގައުމީ މަސްލަހަތުގައި ފާޅުކުރައްވާ އިހުލާސްތެރި ހިޔާލުފުޅުތަކަށް އެއްވެސް އިހުތިރާމެއްނެތި ޖަޒްބާތުގައި ރައީސް މުއިއްޒުގެ ދެބާނދީން ނިކުމެ ސޯޝަލް މީޑިއާގައި ވައްވައް ޖަހައިގަތަކަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ރޯނު އެދުރު ހެދިގެން މަލްޝާއާއި ޝިއުނާ އުޅެގަތް ގޮތަކުން ރާއްޖޭގެ ޓޫރިޒަމަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުންވެ ރައީސް މުއިއްޒު އެއުޅުއްވަނީ އެކަމުން އަރައި ނުގަނެވިގެންނެވެ. 

ރައީސް މުއިއްޒު ދެއްވާ މަދު ފައިސާ ކޮޅެއްގެ ބޭނުމުގައި ބާނދީ ހެދިގެން އުޅޭ މި ދެއަންހެނުންގެ މުސިބާތާ ހެދި ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ހަތުރަކަށް ރާއްޖެ ބަދަލުކޮށް އެކަމުން ދިފާއުވުމަށް މަތިމައްޗަށް ދޮގު ހައްދަވަންޖެހި ވަޑައިގެން ރައީސް މުއިއްޒު އެއުޅުއްވަނީ ބޮލާފޮށާ އެޅުއްވިގެންނެވެ.