އަދުރޭ އެކަނިވެސް މުއިއްޒު ބަރަހަނާކޮށް ނިންމާލާނެ!
އަދުރޭ ބުނާގޮތުން ބުރިޖުން ލޭނެއްކާލީ ޔާމީނަށްވެސް ނާންގާ ވަގަށް
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުން ލޭނު މަދު ވާހަކަ އޭރުގެ ވާދަވެރިން ހަރުއަޑުން ދެއްކިއެވެ. އޭރު ހީކުރެވިފައި އޮތީ ބުރިޖުން ލޭނު ދިރުވަލައިގެން އުޅެނީ ރައީސް ޔާމީނު ކަމަށެވެ. އެކަމަކު ކަމަކު ދާކަށްނެތެވެ. ބުރިޖުން ލޭނެއް ދިރުވަލައިގެން އުޅެނީ ރައީސް ޔާމީނެއް ނޫނެވެ. މިހާރުގެ ރައީސް މުއިއްޒެވެ. މިއްޔަކީ މަށަކު ދައްކާ ވާހަކައެއް ނޫނެވެ. އަދުރޭ އެއޮތީ ބުޅާ ގޯނިން ބޭރުކޮށްލާފައެވެ.
ބުރިޖު ލޭނު ދިރުވާލީކީ އަދީބެއް ޔާމީނެއް ނޫނެވެ. ފެން ފޮދަކާވެސް ނުލާ ބުރިޖުން ލޭނެއް ދިރުވާލި ކަމަށްމިވީ އޭރުގެ ހައުސިންގ މިނިސްޓަރ މުއިއްޒެވެ. ރައީސް ޔާމީނަށް ވެސް ދޮންކަޅު އަންގާނުލާ ބުރިޖުގެ ލޭނެއް ޕަކަޅާ ކޮށްލީ މުއިއްޒުކަން ކަށަވަރުވެގެން ރަތްމަހަށް ނުދޭ ވަރަށް މުއިއްޒަށް ޔާމީނު ވަށިވަށިން ދިންކަމަށް މިހާރު އެއޮތީ އަދުރޭ ކަށަވަރު ކޮށްދީފައެވެ.
މުއިއްޒަށް ރޮވެންދެން ރައީސް ޔާމީނު ބަވާލި ކަމަށް އަދުރޭ އެބުނީ ހިތުން މާމޮޅު ވާހަކައެއް ކަމަށެވެ. ރައީސް ޔާމީނަކީ ނުބައި ވެރިއެއް ކަމަށް ސިފަކޮށްދޭން އަދުރޭ އެދެއްކި ވާހަކައިން ބަރަހަނާވީ ރައީސް ޔާމީނެއް ނޫނެވެ. ރައީސް މުއިއްޒެވެ. އެތައް ދުވަހެއް ވަންދެން ރައީސް ޔާމީނަށް މީހުންކޮށް އުޅުނު ތުހުމަތަކުން ރައީސް ޔާމީނު ބަރީއަވީއެވެ. ރައީސް މުއިއްޒުގެ މައްޗަށް ބުރިޖުން ލޭނެއް ދިރުވާލުމުގެ ވަގުބަދުނާމު ފުރޮޅުނީއެވެ.
މިހާރަކަށް އައިސް އަދުރޭ ދައްކާ ވާހަކަތަކުން ރައީސް މުއިއްޒަށް ލިބޭ ކުރެޑިޓަށްވުރެ ވާ ޑެމޭޖު މާބޮޑެވެ. އަދުރޭ އެޒާތުގެ ވާހަކަ ދައްކަނީ ގަސްދުގައި މުއިއްޒު ފަލީހަތް ކުރަން ކަމަށް މީހުން ކިޔާއުޅެއެވެ. ރައީސް ޔާމީނަށް ވެސް އެ ކެހި އަދުރޭ އޮތީ ދީފައެވެ.
ކުރީ ރެއެއްގައި ގަރުދިޔަ ޖަގަހައިގައި ދެއްކި ވާހަކައެއްގައި ރައީސް ޔާމީނު ޖަލުގައި ބަހައްޓައިގެން އުޅުނީ ވެރިކަމަށްޓަކާ ރައީސް މުއިއްޒު ކަމަށް އަދުރޭ ބުނެފައިވެއެވެ. އަނެއްކާ އަދުރޭ އެ ބުނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުން ލޭނެއް މުއިއްޒު ކާލައިގެން ރައީސް ޔާމީނު މުއިއްޒަށް ރޮވެންދެން ބަވާލި ވާހަކައެވެ.
އަދުރޭގެ ވާހަކައިން އެނގިގެން ދިޔައީ ރައީސް ޔާމީނު ވެރިކަމުގައި ހައުސިންގ މިނިސްޓަރު ކަމުގައި ހުރެ މުއިއްޒު ވައްކަން ކުރީ ރައީސް ޔާމީނަށް ވެސް ނޭނގޭހާ ވަގަށްކަމެވެ. ރައީސް ޔާމީނަށް އެކަން އެނގިގެން ތިން ފަހަރަށް ވަޒީރުކަމުން ވަކިކުރަން އުޅުނު ކަމެވެ. ވަޒީރު ކަމުން ވަކިކުރަން އުޅޭނީވެސް ގައިމު ވަރެއް ކޮށްލައިގެންތާއެވެ. ވަކިކުރަން އުޅުނަސް ވަކިނުކުރެވުނީ ވައްކަން ކުރިލެއް މޮޅުކަމުން ރައީސް ޔާމީނަށް ވެސް އޮޅުން ފަށެއް އޮޅުވާލައިގެންކަން އަދުރޭގެ ބަހުން ސާބިތު ކޮށްދީފިއެވެ.
ނަގޫ ގޮއްޖެހިފައި އޮވެގެން ވަކިނުކުރާނެ ނަމަ ރައީސް ޔާމީނު އަދީބު ވަތްކެއް ނުކުރީހެވެ. މުއިއްޒު ވަޒީރުކަމުން ވަކިނުކުރީ ނަގޫގޮށް ޖެހިފައި އޮވެގެން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ ދޮގުހަދާ އޮޅުވާލުމުގައި ދެވަނައެއްނެތް މުއިއްޒަށް ހިންޏަށް ހަކުރު އޮޅުވާލުމަކަށް އުދަނގުލެއް ނުވާނެއެވެ. އެ އޮތް ބޮޑު ބުރިޖުން ޔާމީނަށް ލޭނެއް މަދުކަން ނޭނގޭ ވަރަށް އޮޅުވާލެވޭނީ ދޮގާ މަކަރާ ހީލަތަށް ހާދަހާ މޮޅެއް ވެގެންނެވެ. ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުން ލޭނެއް މުއިއްްޒު ފުޅިއްސާލިއިރު ރައީސް ޔާމީނަށް ހިލަންވެސް ނުވިއެވެ.
ބަޔަކު ތިބެ އަމިއްލައަށް ބަރަހަނާ ވާނީ މިހާކަށް ވަރަށެވެ. ވަގުގަ ވަގުހިފީމާ ނުވެ ނުދާނެގޮތް މިހުރެގެން ވަނީއެވެ. ލައްކަ ކުޅިސަމާ އަދިވެސް ފެންނާނެއެވެ. އަދުރޭ އެކަނިވެސް މުއިއްޒު ބަރަހަނާކޮށް ނިންމާލާނެއެވެ.