ރައްޔިތުން ބޭނުންވަނީ ރަށުގެ ބާރުވެރިކަން ރަށަށް ގެންނަން: ޝާހިދު
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯއްދެވުމަށް ހއ.ގެ ބައެއް ރަށްރަށަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ކުރެއްވި ދަތުރު ނިންމަވާ ލައްވައިފިއެވެ.
ދަތުރަށް ފަހު ޝާހިދު ވިދާޅުވީ ހއ މާރަންދޫ، ބާރަށް، ކެލާ، ފިއްލަދޫ، ވަށަފަރު، ދިއްދޫ، ހޯރަފުށި، މޮޅަދޫ އަދި އިހަވަންދުއަށް މިކުރި ދަތުރުގައި އެރަށް ރަށުގެ އެމް ޑީ ޕީ ޓީމުން ވިދާޅުވި ހޫނު މަުރުހަބާއަށް ފަށްފަށުން ޝުކުރުދަންނަވާ ކަމަށެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވީ އެރަށްރަށުން ފެނިވަޑައިގަތީ ސަރުކާރުން ރަށްތަކަށް އަޅާނުލައި އޮތް މިންވަރު ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ ރަށުގެ ބާރުވެރިކަން ރަށަށް ގެނެސް، ރައްޔިތުންނާ ގާތުން ހިދުމަތްތައް ދޭނެ ކައުންސިލްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިދަތުރުން ފެނިވަޑައިގަތީ ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް ގަދަ ހިތްވަރާއެކު ނިކުމެ ތިބި އެމްޑީޕީ ކެންޑިޑޭޓުންނާއި، އެކެންޑިޑޭޓުންގެ ފަހަތުގައި ތިބި އެމްޑީޕީ ސަޕޯޓަރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރަށްރަށުން އެމްޑީޕީއަށް ކުރާ ތާއީދަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ފަށްފަށުން ޝުކުުރު އަދާކުރައްވައެވެ.




