ޕްރެސް އުސްއަލި: އެމްޑީޕީއަކީ ބަގާވާތްކުރާ ބައެއްނޫން
ކަރުދާސް ގަޑެއްގެ ހައެއްކަ ފޮޅުވަތާއެކު ފުލުހުންނާމެދު ދެކޭގޮތް ބަދަލުވެއްޖެ
އިއްޔެއަކީ ދިވެހިރާއްޖޭގެ ދިގު ތާރީހުގައި ލަދުވެތި ދުވަހެއް. ދިވެހިރާއްޖޭގެ ވެރިއަކު އަދި ސަރުކާރަކުން ނުކުމެ މާލީ ބަގާވާތެއް ގެންނަން އުޅެނީއޭ ކިޔާ ދެއްކި ވާހަކަ އަކީ އަަޅުގަނޑުމެން ދައްކަންވެސް ލަދުގަންނަވަރު ވާހަކަތަކެއް: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
އިއްޔެ ހިނގި ކަންކަމުން ފާހަގަވަނީ އެބޭފުޅުންގެ އެތެރޭގައި ގޯސްތަކެއް އެބަހުރިކަން. އެ ބޭފުޅުންގެ ތެރޭން އަމިއްލައަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަގާވާތެއް ކުރާނެތަން އެބަފެނޭ: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
އަޅުގަނޑުމެންނަކީ ބަގާވާތް ކުރާނެ ބައެއް ނޫން. އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަނީ ސަރުކާރު ވައްޓާލަކަށް ނޫން. އަޅުގަނޑުމެން ނުކުންނަނީ ސަރުކާރު ޒިންމާދާރުކޮށް ކަންކަމުގެ ވާހަކަ އިއްވައި ސަރުކާރުގެ ކޯސް ބަދަލުކުރަން:އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
ދައުލަތުގެ އިސްވެރިޔާގެ ކޮންޓްރޯލް އޮތް ބޭންކަކުން ނުކުމެ އެބޭފުޅާގެ ވެރިކަން ބަދަލުކުރަން އޮޕޮޒިޝަން އާއެކު މަސައްކަތް ކުރީއޭ ބުނީމަ އަނެއްކާވެސް ބޭންކްގެ ބޮލުގައި ވަރަށް ބޮޑު ބަދުނާމެއް ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި އެއައީ: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
ރައީސް މުއިއްޒު ވާހަކަ ދައްކަވަނިކޮށް ކުއްލިއަކަށް އިއްތިފާގަކުން އެވަގުތު ފުލުހުންގެ ސްޓޭޓްމަންޓެއް މި ނުކުންނަނީ، ފުލުހުންގެ ސްޓޭޓްމެންޓްގެ އިއްތިފާގު ބަލަން އެބަޖެހޭ:އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
ބޭންކުގެ ނިންމުން އެއީ ބަގާވަތެކޭ ބުނުމަކީ ލަދުވެތިކަމެއް، ސަރުކާރުން ކުރީ މުޅި މާލީނިޒާމު ފުނޑޭނެވަރުގެ ކަމެއް: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
އިނދިކޮޅު ޕާޓީއެއްގެ ޒިންމާ އަކީ ސަރުކާރު ބަދަލު ކުރުމެއް ނޫން. ޒިންމާ އަކި ސަރުކާރު އެކައުންޓަބަލް ކުރުން. ނަމަވެސް ސަރުކާރުން އަނިޔާވެރިވެ ގާނޫނާ ހިލާފުވާކަމަށްވަންޏާ ސަރުކާރު ބަދަލުކުރުން ގާނޫނީ އިމުގެ ތެރެއިން. އަޅުގަނޑުމެންނަކީ ބަގާވާތް ކުރާ ބައެއް ނޫން: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
މި ފެންނަނީ ވިސްނުންތެރިކަމެއް ނެތި ބޯހަރު ހުދުމުހުތާރު ގޮތެއްގައި ރައީސް މުއިއްޒު ކަންކަން ކުރައްވާތަން. ރައީސް ކަމަށް ކުރިމަތިލައްވަންވާނީ ހަޖަމް ކުރެއްވޭ ބޭފުޅުން. ދެކޮޅަށް އެއްޗެއް ބުނާބަޔަކު ސުންނާފަތި ކޮށްލުމުގައި ކުރިމަތިލައްވާނެ ކަމެއް ނެތް: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
ރައީސް މުއިއްޒު އިސްތިއުފާ ދެއްވާފަ ނައިބު ރައީސް ނޫނީ މަޖިލީހުގެ ރައީސާ ހަވާލުކުރުމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށާއި އިގްތިސާދަށް އޮތް އެންމެ ރަނގަޅު ގޮތް: އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް
ސަރުކާރުގެ ކޮންޓްރޯލް އޮތް ބޭންކަކުން ސަރުކާރާ ދެކޮޅަށް ބަގާވާތެއް ކުރާ ކަމަށް ވިދާޅުވާ ހިސާބުން އިނގިލި އެ ދިއްކުރެވެނީ ބޭންކުގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް. ހުރިހާ މުވައްޒަފުން އެ ފުރޮޅާލެވެނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް: އެމްޑީޕީގެ ރައީސް ޢަބްދުއްލާ ޝާހިދު
ސްކޭމް ކޯލްތަކާ މިފަދަ ކަންތަކުގައި ބޭންކުގެ އިތުބާރާމެދު ސުވާލު އުފެދެމުން ދާ ދަނޑިވަޅެއްގައި ރައީސް އާއި ވަޒީރުން ނުކުމެ ބަގާވާތެއް ކުރި ކަމުގެ ތުހުމަތު އަޅުވާ މިހިސާބަށް ދިއައިމަ މި ނުކުންނަނީ ގައުމީވަންތަ ކަމަށް ކުރައްވާ ޗެއްލެންޖެއް ގޮތަށް: އެމްޑީޕީގެ ރައީސް ޢަބްދުއްލާ ޝާހިދު
ބީއެމްއެލް އިން ބަގާވާތްކުރި ކަމަށް ބުނަނީ ސަރުކާރަށް ގޯސް ހެދުމުން ދެބޯގެރި ދުއްވަން: ޕީޖީ ލީޑަރ އިބްރާހީމް ނާޒިލް
ފުލުހުންގެ މުއައްސަސާ އަކީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭ ތަނަކަށް ހެދުމަށް ކުރި މަސައްކަތް ފަހަތަށް ޖެހި އިއްޔެ ކުޑަ ކުޑަ ވަގުތުކޮޅެއްގައި ކަރުދާސް ގަޑެއްގެ ހައެއްކަ ފޮޅުވަތާއެކު މުއައްސަސާއާއި މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވީ: ޕީޖީ ލީޑަރ އިބްރާހީމް ނާޒިލް