އިޝްތިހާރެއްގެ ސަބަބުން މުޅި ކިންގްޑަމްގައި ފާޑުކިޔުން

އިޝްތިހާރެއްގެ ސަބަބުން މުޅި ކިންގްޑަމްގައި ފާޑުކިޔުން

ފްލައިޓް ތެރޭގައި ބިއޮންޑް ޕްރޮމޯޓް ކުރުމަށް ސައުދީން ކުރި އިޝްތިހާރަކާހެދި ޓްވިޓާގައި ރުޅިވެރިކަމުގެ ރިއެކްޝަންތަކެއް އުފެދިއްޖެއެވެ.

މިހާރު ޑިލީޓްކޮށްފައިވާ ވީޑިއޯ އިޝްތިހާރަކީ ރަސްކަމުގެ ދިދަ އުފުލާ ކުންފުނިން ފަށާފައިވާ ސޯޝަލް މީޑިއާ ކެމްޕޭނެއްގެ ތެރެއިން ސެނެގާލް-އިޓަލީގެ ޓިކްޓޮކްގެ އިންފްލޫއެންސަރު ކަބާނޭ “ކަބީ” ލޭމް އެކު ކުޅެފައިވާ އިޝްތިހާރެކެވެ.

މި އިޝްތިހާރުން ފެނިގެންދަނީ ސައުދީ ފްލައިޓެއްގައި ޓެކް ބޭނުން ކުރާގޮތް ސައުދީ މީހަކަށް ބިދޭސީއަކު ދަސްކޮށްދޭ ތަން ދައްކުވައިދޭ މަންޒަރެވެ.

އެ އިޝްތިހާރު ޓްވިޓާ ޔޫޒަރުންގެ މެދުގައި ރަނގަޅަށް ކުރިށް ނުދިއުމުން ސައުދީން ވަނީ އެ އިޝްތިހާރުގެ ބަދަލުގައި އިރުމަތީ އޭޝިއާގެ ފަސިންޖަރަކު ނިދާލަން މަސައްކަތް ކުރާއިރު ފްލައިޓް އެޓެންޑެންޓް އައިސް އޭނަ ސިއްސައިގެން ދިޔަ މަންޒަރު ފެންނަ އިޝްތިހާރެއް ނެރެފަ އެވެ. ކަބީ އެމީހާއަށް އެހީތެރިވެދެނީ ބިއޮންޑް އިން “ޑު ނޮޓް ޑިސްޓަރބް” ފަންކްޝަން އެކްޓިވޭޓްކޮށްގެންނެވެ.