ކެމްބޯޑިއާގައި ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި ކަމުގެ ދައުވާ ޗައިނާ ދެމަފިރިއަކަށް

ކެމްބޯޑިއާގައި ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި ކަމުގެ ދައުވާ ޗައިނާ ދެމަފިރިއަކަށް
ކެމްބޯޑިއާގައި ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި ކަމުގެ ދައުވާ ޗައިނާ ދެމަފިރިއަކަށް

ޗައިނާގެ ދެމަފިރިއެއްގެ މައްޗަށް ކެމްބޯޑިއާގެ ކޯޓެއްގައި ދައުވާކޮށްފައި ވަނީ އެމީހުންގެ ކްލިނިކުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ކަމަށް ބުނާ ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި މައްސަލާގައެވެ.

ބީޖޭ އަހްޔޮންގްގެ ހަށިގަނޑު ކެމްބޯޑިއާގެ ވެރިރަށް ފްނޮމްޕެންގެ ބޭރުގައި އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހަފްތާގައެވެ. 

މަރާލިކަމަށް ތުހުމަތުކުރާ ދެމަފިރިން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ދޫކޮށްލީ ސިޓީގައި ހުންނަ އެމީހުންގެ ބިއުޓީ ކްލިނިކުން ފަރުވާ ހޯދަމުން ދަނިކޮށް ކުއްލި ޝޮކަކަށް ގޮސް މަރުވުވުމުންނެވެ.

އެކަމަކު ޕީޖީން ވަނީ އެމީހުންގެ ވާހަކަ ދޮގުކޮށްފައެވެ.

ޕީޖީ އިން ބުނާގޮތުގައި ލައި ވެންޝާއޯ އާއި ކައި ހުއިޖުއާންގެ މައްޗަށް އުފުލާފައިވަނީ "އަނިޔާކުރުމާއެކު މީހަކު މަރާލުމުގެ" ދައުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ރަތް ފޮތިގަނޑެއްގައި އޮޅާލައިވަނިކޮށެވެ.

ބީޖޭ އަހިއޮންގް އަކީ ދެކުނު ކޮރެއާގެ ވީޑިއޯ ސްޓްރީމިން ސާވިސްއެއް ކަމަށްވާ އަފްރީކާޓީވީގެ އިންފްލޫއެންސަރެކެވެ. އަދި އޭނާގެ އިންސްޓަގްރާމްގައި 260،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

އެ ދެމަފިރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.