އިދިކޮޅުގޮވައިގެން ކުރީ ގައުމީ ފުރައްސާރަ
ހީހީފައި ދައުލަތާއި މުވައްޒަފުންނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ނުކުރެވުނު
ޗާގޯސް މައްސަލައިގައި ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި އިދިކޮޅު ފަރާތްތަކުން ނެންގެވީ މާ ކުރީގެ ޤާނޫނަކާ އެ ޤާނޫން އުވާލާފައި ދެން ހެދި ޤާނޫނެއްގެ ބައެކެވެ. 1976 ގައި ހަދާފައި އޮތް ޤާނޫނެއްގައި ރާއްޖޭގެ ސަރަހައްދު ކަނޑައަޅާގޮތް އޮތްއިރު އޭގެ ފަހުން ރާއްޖެއިން 1982 ގައި ސޮއި ކުރި ބައިނަލްއަޤްވާމީ މުއާހަދާއަކުން 76 ގެ ޤާނޫންއުވާލައި އާޤާނޫނެއް ހަދަން ޖެހިގެން 1996 ގައި ތިޔަ ބުނާ ޤާނޫނު ހެދިކަން މުނައްވަރުނޫނަކަސް ދެން ތިބި މީހުންނަށް ވެސް އެނގެއެވެ.
އަދި އެޤާނޫނުގެ އެއްބައިގާ ބުނާ 200 މޭލުގެ ވާހަކަ ބުނެފައި ނިންމާލިއިރު އެއީ ރާއްޖޭގެ އުތުރުގެ ވާހަކަ ކަން މުނައްވަރު ވިދާޅުނުވިއަސް ޤާނޫނީ އެހެން ވަކީލުންނަށް އެނގެއެވެ. އަދި ރާއްޖޭގެ ދެކުނުގައިރާއްޖޭގެ އިން ކަނޑައެޅިފައި ނެތީތީއާއި އިންކަނޑައަޅާއިރު އެހެން ޤައުމަކާ ދެމެދު ވަކިވާ ބައިގާ 200 މޭލު ނެތްކަން އެނގޭތީ އެ ޤާނޫނުގައި ހިމެނި މާއްދާ މުނައްވަރު ވިދާޅުނުވިއަސް އެ ޤާނޫނަކުން އުންޏެއް ނުވާނެއެވެ.
ދައުލަތާއި ދައުލަތުގެ މަގާމު ތަކުގައި ތިބީ ގައުމައް ހެޔޮ އެދޭ ބައެއް ނޫން ކަމަށާއި، މުވައްސަސާތަކުގައި އެކަށްވެސް ތިއްބެވީ މަކަރު ހެދުމާއި ، ދޮގު ހެދުމާއި ، ރިސްވަތު ނަގާ ބޭފުޅުންގެ ގޮތުގައި ސިފަ ކުރެއްވިއެވެ. ހީހީފައި ދައުލަތާއި މުވައްޒަފުންނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ހާސިލެއް ނުކުރެވުނެވެ. ދައުލަތުގެ ވެރިންނާއި މުވައްޒަފުން ގެއަށް ކަނޑާލުމަށް އަންގާ އިންޒާރު ދެމުން ގެންދެވިއެވެ.
ސަރުކާރުން ކުރަމުން އަންނަ ހަރުދަނާ އަދި ދިވެހިންނަށް ލާބަ ލިބޭ އެތައް ކަމެއް ނުވާކަމަކަށް ދައްކައިގެން ކަނުބަންނަން މަސަތްކަތް ކުރިއެވެ. ދިވެހިންގެ ޖީބުން ވައްކަން ކޮށްގެން ޖަލުގައި ހުންނެވި މީހެއްގެ ވާހަކަ އޮއްބާލަން ފޫގަޅާލިއެވެ. މުޅިންވެސް ދިވެހިހީވާގި މުވައްޒަފުންނަށް ކުރީ ފުރައްސާރައެވެ. ނޫސްވެރިންގެ މިނިވަން ކަމުގެ ދުވަހު ބޭއްވި މި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް ވެސް ކުރީ ފުރައްސާރައެވެ.
ރައީސް ސޯލިހުއަކީ ދިވެހި މުވައްވަޒުންނަށް އޯގާތެރި އަދި މުވައްޒަފުންގެ މަސަތްކަތް ބަލައިގަންނަ، މަސަތްކަތެރި ކަމަށް ހިއްވަރުދޭ ފަރާތެކެވެ. އެހެން ރައީސުންނާއި ތަފާތުކޮށް މުވައްޒަފުންގެ މަސަތްކަތައް ތައުރީފުކޮށް ކުރިއެރުމައް އަމަލީ ގޮތުންމަސަތްކަތް ކުރައްވާ ފަރާތަކީވެސް ރައީސް ސޯލިހުއެވެ. ކުރީގެ ބައެއް ބަންޑާރަ ނައިބުންނާއި އިދިކޮޅު ފަރާތްތަކަށް ރައީސް ސޯލިހުގެ ތަރައްޤީ ހަޖަމް ނުވުމަކީ ގެއްއަށް ކަނޑާލަން ގޮވާ ފުރައްސާރަ ކުރަން ޖެހޭ ސަބަބެއް ނޫނެވެ.