ވައްޑެމެން ހުއްޓާނީ އަންނި މަގުމަތިކޮށްފަ!

ނަޝީދުގެ ފިކުރު ކޮމާގައި އޮވެ ނުދިރި މަރުވެއްޖެ

ވައްޑެމެން ހުއްޓާނީ އަންނި މަގުމަތިކޮށްފަ!

ފައިނު ވައްޑެ ތިހެން ފޮނު އަރުވަ އަރުވަ ހުއްޓާ ގައުމީ މަޖިލިސް ގޮނޑިތަކަށް ހޮވުނީވެސް ނަޝީދާ ހިޔާލު ތަފާތު މީހުންނެވެ. އެމްޑީޕީގެ މުޅިގައުމީ މަޖިލީހުގެ 10 ވަރަކަށް އިންސައްތަ މީހުންގެ ތާއީދު ވައްޑެމެންނަކަށް ނެތެވެ. އެމްޑީޕީގެ ޗެއަރޕާސަން ހޮވަން އުޅުނު އިރުވެސް ނަޝީދުގެ ކަލްޓުން ވައްޑެމެން ފިސާރި ވައްވައް ޖެއްސެވެ. ހިތާ ހިތް ގުޅުފައި އޮވެގެންނެވެ. ހުތުރު ބައްޔަކުން އިމްތިޔާޒު ފަހުމީ ބަލިވީވެސް ތިޔަ ފާޑަށް ކޯތަޅުވަ ތަޅުވަ ތިއްބައެވެ. 

ބުނެވި ދިޔަ ދެ އިންތިހާބުގައި ވެސް ނަޝީދު ކޮޅު މޮޅެއް ނުވިއެވެ. އާއްމު މެންބަރުންގެ ވޯޓުން ދެ ފަހަރުމެވީ ބޮޑުތަނުން ބައްޔެވެ. އޭރަކު ތިޔަ ބުނާ އޮނަސަޅީސް ހާސް މީހުނެއްވެސް ދަފުތަރަކުން ނުކަނޑައެވެ. ނަޝީދު ބުނިހާ ގޮތަކަށް ވޯޓުދޭނެ ކަމަށް ވައްޑެމެން ބުނާ 39000 މީހުން ނުކެނޑި އެމްޑީޕީގައި ތިބި އިރު އިމްތިޔާޒު ފަހުމީ ހުތުރު ބައްޔަކުން ބަލިވީ ކީއްވެ ހެއްޔެވެ. ނަޝީދާއި އީވާއާއި ހަސަންކޮއައި ވައްޑެޔާއި އެންމެން ވެގެން އިންތި ހޮވަން އޭރު ނުކުރަނީ ކިއްހެއްޔެވެ. އެކަމަކު އިންތި ވެސް ދިޔައީ ޗޮކުންނެވެ. 

ގައުމީ މަޖިލިސް ރައީސް ނަޝީދަށް ގެއްލުނީ ހަމަ މެންބަރުންގެ ތާއީދު ނެތިގެންނެވެ. އިމްތިޔާޒު ފަހުމީއަށް ނަޝީދުގެ ބައިގަނޑު ކިތަންމެ ވަރަކަށް ތާއީދުކޮށް ކަރުފެޅޭ ވަރަށް ހިމާރު ހެދުނަކަސް އިންތިއަށް ޖެހުނީ ދޮޅިކެނޑިގެން ފައިތަޅާގެ އަޑިއަށް ދާށެވެ. ޗެއަޕާސަން ކަމުގެ ހިޔަނި ވެސް ނުފެނިއެވެ. އެންމެ ފަހުން އިންތިއަށް ލިބުނު ކެހީގެ ބަދަލު އަންނިގެ ކިބައިން އެ ހިފާލީ ހާދަ ހުތުރުކޮށެވެ. 

ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ވިޔަ ނުދިނުމަށް އެމްޑީޕީ ފަޅާލާ ބައިބައި ކޮށްލަން ތިޔަ ޖަހަނީ މަރުފައްޔެވެ. އިންތިއާއި ވައްޑެމެނަށް ވެގެން ވަންޏާ ރައީސް ނަޝީދު އަނެއްކާވެސް ފައިވާން އަތަށް ނަގައިގެން ގިނިކަންޏާ މާލޭގެ މަގުތަކުގައި ނުދުއްވައެއް ނުހުއްޓާނެއެވެ. ޖެހިޖެހިގެން އެތައް އިންތިހާބަކުން ނަޝީދުގެ ފިކުރު ވަނީ ބާކީވެ އެކަހެރިކޮށްފައެވެ. ރައީސް ނަޝީދާއި ނަޝީދުގެ ފިކުރު އިތުރަށް ނުދިރޭ ވަރަށް ތާއީދު ވަނީ ގެއްލިފައެވެ. ހަމަތެދެކެވެ. ނަޝީދުގެ ފިކުރު ކޮމާގައި އޮވެ ނުދިރި މަރުވެއްޖެއެވެ.